ads
މާމެންދޫއަށް އެމީހާ ބަލައި ގޮސްފައިވާ ސީޕްލޭން--
މާމެންދޫން ފުރަތަމަ ޕޮޒިޓިވްވި މީހާ ފަރުވާއަށް ހުޅުމާލެއަށް ގެނެސްފި
ގއ. މާމެންދޫ އިން އެންމެ ފުރަތަމަ ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހާ، ފަރުވާއަށް މާލެއަށް ގެނެސްފި އެވެ.

މާމެންދޫ ކައުންސިލުގެ ރައީސް މުހައްމަދު ޒައީމް، ސީއެންއެމްއަށް މިރޭ ވިދާޅުވި ގޮތުގައި މިމަހުގެ 13 ވަނަ ދުވަހު މާލެއިން ރަށަށް ދިޔަ އުމުރުން 28 އަހަރުގެ އެ ފިރިހެން މީހާއަށް އިތުރު ފަރުވާ ބޭނުންވާތީ މިއަދު ހެނދުނުގެ ވަގުތެއްގައި ވަނީ މާލެއަށް ގެނެސްފަ އެވެ. 

ޒައީމް ވިދާޅުވީ އެއާ ޓެކްސީއެއްގައި އޭނާ މާލެއަށް ގެނެސްފައިވާއިރު ފަރުވާ ދެމުންދަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ކަމަށެވެ. 

އެމީހާއާއެކު ހޯމް ކަރަންޓީނުގައި ހުރި އިތުރު ދެމީހުން ވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވި ނަމަވެސް އެމީހުން މާލެއަށް ގެނެސްފައެއް ނުވެ އެވެ. 

އެމީހުން ރަށަށް ގޮސްފައި ވަނީ މިމަހުގެ 13 ވަނަ ދުވަހު ކޫއްޑޫ މަގުންނެވެ. އެގޮތުން އާއިލާ ދެ މީހުންނާއެކު ރަށަށް ދިޔައިއިރު އެމީހުން ދަތުރުކުރި ފްލައިޓުގައި ޖުމްލަ 40 މީހުން ދަތުރުކުރި ކަމަށެވެ. ބާކީ އެހެން މީހުންނަކީ ގެމަނަފުށި މީހުން ކަމުން، އެ ދެ ރަށުގައި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރިއަށްގެންދިޔަ އެވެ. މިހާރު ވަނީ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން 13 މީހަކު ފާހަގަވެ، އެކަހެރިކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް