ފިޓްފާޒިލް، ނަސީބުވެރިޔާއަސް އޭނާ ދޭން ބުނި ހަދިޔާތަކާއެކު - ފޮޓޯ: ފާޒިލް
ފިޓް ފާޒިލުގެ ގިވްއަވޭ އާ ހެދި އޭނާ "ހޫނު ފެނަށް" ވެއްޖެ
Share
ފިޓްނަސް އިންސްޓްރަކްޓަރު ފާޒިލް އިސްމާއިލް ނުވަތަ މަގްބޫލު ނަމުން ނަމަ ފިޓް ފާޒިލް އޭނާގެ އިންސްޓަގްރާމު މެދުވެރިކޮށް ސަޕޯޓަރުންނަށް ދިން އަގުބޮޑު ހަދިޔާތަކުގެ ނަސީބުވެރިޔާއަކީ "ފޭކް އައިޑީ" އެއް ކަމަށް ތުހުމަތު ކުރަން ފަށައިފި އެވެ. ފިޓް ފާޒިލުގެ ގިވްއަވޭ އާ ހެދި ހޫނު ފެނަށް!
Advertisement

އެ ހަދިޔާތަކުގެ ނަސީބުވެރިޔަކަށް އައިޝަތު ޝަރުމީލާ ނަމަކަށް ކިޔާ މީހަކު ހޮވިފައިވާއިރު ގިނަ ބަޔަކު އަންނަނީ އެއީ ފޭކް އައިޑީއެއް ކަމަށް ބުނަމުންނެވެ. 

ފާޒިލް މިމަހުގެ ފަސް ވަނަ ދުވަހު ހުޅުވާލާފައި ވަނީ މެކްބުކްއަކާއި 512 ޖީބީގެ އައިފޯން އެކްސް އެސް އެއްގެ އިތުރުން އަދިވެސް އަގުބޮޑު ބްރޭންޑެޑް ސާމާނުތަކެއް ހޯދުމަށެވެ. ގިނަ ބަޔަކު ވަނީ އެ ހަދިޔާތައް ހޯދުމަށް މަސައްކަތް ކޮށްފަ އެވެ. 

އެކަމަކު މިމަހުގެ 20 ވަނަ ދުވަހުގެ ރޭ ނަސީބުވެރިޔާ ހޮވުމާއެކު ރޭ ސޯޝަލް މީޑިއާގައި ވަނީ އެއީ ފޭކް އައިޑީއެއް ކަމަށް ބުނެފަ އެވެ. އެ ޕޯސްޓަށް ކޮމެންޓް ކުރި މީހުން ވެސް ވަނީ އެކަމަށް ތާއީދުކޮށް ވާހަކަ ދައްކާފަ އެވެ. އަދި އެ އައިޑީއަކީ އެކަމަށް އޭނާ ތައްޔާރު ކުރި އެއްޗެއް ކަމަށް ބުނެ ވެސް އޭނާއަށް ދަނީ ފާޑުކިޔަމުންނެވެ. 

އެކަމާއި ގުޅިގެން އަދި ފާޒިލް ވަކި އެއްޗެއް ނުބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް