
އުމުރުން 33 އަހަރުގެ، ސަރބިއާއަށް ނިސްބަތްވާ ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ ޖޮކޮވިޗް ކޮވިޑަށް ޕޮސިޓީވްވެފައިވާކަން އެނގުނީ އަންގާރަ ދުވަހު މެންދުރު ފަހުއެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ޖޮކޮވިޗް ކޮރޯނާއަށް ޕޮސިޓީވްވީ ނަމަވެސް އޭނާގެ ހަށިގަނޑަކުން ބަލީގެ އެއްވެސް އަލާމާތެއް އަދި ނުފެނެއެވެ. އޭނާ މިހާރު ހުރީ އަމިއްލައަށް އެކަހެރިވެ، ގޭގައި ކަރަންޓީނުވެގެންނެވެ. އަދި ފަސް ދުވަސް ފަހުން އަލުން ޓެސްޓް ކުރާނެ ކަމަށްވެސް އޭނާއާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ޖޮކޮވިޗް، ކޮރޯނާއަށް މި ޕޮސިޓީވްވީ، ކްރޮއޭޝިއާގައި ބޭއްވި އެގްޒިބިޝަން އިވެންޓެއްގައި ބައިވެރިވީ ފަހުންނެވެ. މި އިވެންޓްގެ ކަންތަކުގައި ޚިޔާލު ތަފާތުވުންތަކެއް އުފެދިފައިވާއިރު، މި އިވެންޓްގެ ފައިނަލްވަނީ ކެންސަލްވެސް ކޮށްފައެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ޖޮކޮވިޗްއާއި އޭނާގެ އަންހެނުންވެސްވަނީ ކޮވިޑަށް ޕޮސިޓީވްވެފައެވެ. އެހެންނަމަވެސް އޭނާގެ ދަރިންގެ ޓެސްޓްތައް ނެގެޓީވްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އާއިލާއާއި އެކު އޭނާ މިހާރު ހުރީ އުފަން ގައުމުކަމަށްވާ ސާރބިއާގައެވެ. ސާބިއާ އިން ކޮވިޑް-19 އެ ގައުމުގައި ފެތުރުމާ ދެކޮޅަށް ކުރާ މަސައްކަތުގައި އެހީވުމުގެ ގޮތުން ޖޮކޮވިޗް ވަނީ ކުރިން 1.1 މިލިއަން ޑޮލަރު ހަދިޔާކޮށްފަ އެވެ. އަދި ޓެނިސް ކުޅުންތެރިންގެ ފަރާތުން، ކޮވިޑާ ދެކޮޅަށް އެހީތެރިވުމަށް ހިންގަމުންދާ ފަންޑަށްވެސް ޖޮކޮވިޗްވަނީ ކުރިން އެހީތެރިވެދީފައެވެ.