ads
ފޯއް ކިލޯއެއްގެ މައްސަލައިގައި ދައުލަތުން ކޯޓަށް
ފޯއް ކިލޯއެއްގެ މައްސަލައިގައި ދައުލަތުން ކޯޓަށް
ފޯއް ކިލޯއަކާ، ތިން ފޮށި ސިގިރޭޓް ނެގި މީހެއްގެ މައްޗަށް ދައުލަތުން ދައުވާކޮށް، ކޯޓުގައި ގިނަ ވަގުތުތަކެއް ހޭދަކޮށްފިއެވެ.
Advertisement

އުތުރުގެ ރަށެއްގައި 2020 ވަނަ އަހަރުގެ ހިނގި މި ހާދިސާއާ ގުޅިގެން ދިވެހި ފިރިހެނެއްގެ މައްޗަށް ދައުލަތުން ދައުވާ ކުރީ 2021 ވަނަ އަހަރުއެވެ. 

ދައުލަތުން މި މައްސަލައިގައި އުފުލާފައިވަނީ އެހެން މީހެއްގެ މުދަލުގެ މައްޗަށް ހުއްދަ ނޫން ގޮތުގައި ބާރު ފޯރުވުމުގެ ކުށުގެ ދައުވާއެވެ.

2021 ވަނަ އަހަރު ދައުލަތުން ކޯޓަށް ހުށަހެޅި މި މައްސަލަ ނިމުނީ މިދިޔަ ހަފްތާގައެވެ. މި މައްސަލަ މިދިޔަ ހަފްތާގައި ނިމުނީ ދައުލަތުން އުފުލި ދައުވާ ސާބިތުނުވާ ކަމަށް ކަނޑައަޅައެވެ.

މި މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި ދައުވާ ލިބުނު މީހާވަނީ ދައުވާއަށް އިންކާރުކޮށްފައެވެ. އަދި ކުށް ސާބިތު ކުރަން ދައުލަތުން ހުށަހެޅި ހެކިތަކުގެ އަލީގައި މައްސަލަ ސާބިތުނުވީއެވެ.

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް