ads
ފާޒިލް އާއި ޝަރުމީލާ--
ފިޓް ފާޒިލްގެ އިނާމު ލިބުނު ޝަރުމީލާ ފެނިއްޖެ
ސޯޝަލް މީޑިއާގައި ދިވެހިންގެ ތެރޭގައި މަގުބޫލު ފާޒިލް އިސްމާއީލް (ފިޓް ފާޒިލް) އިންސްޓަގްރާމްގައި އޭނާ އަށް ފޮލޯ ކުރާ މީހުންގެ ތެރެއިން ގުރުއަތުން ހޮވޭ މީހަކަށް އަގުބޮޑެތި އިނާމުތަކެއް ދޭން ހިންގި "ޕްރޮމޯޝަން" ނިމި، އެ އިނާމުތައް ގުރުއަތުން ހޮވުނު މީހާ އަށް ހަވާލު ކޮށްފައިވާ ކަމަށް ބުނެފައި ވީނަމަވެސް، އެ ކަމުގައި ބޮޑެތި އޮޅުވާލުންތަކާއި ހަމަނުޖެހޭ އެތައް ކަންތައްތަކެއް ހުރި ކަމުގެ ތުހުމަތުކުރަމުންދަނިކޮށް އިނާމު ލިބުނު މީހާ، އެންމެނަށް ދައްކާލައިފި އެވެ.

ފާޒިލް މީގެ ކުޑައިރުކޮޅެއް ކުރިން ވަނީ އިންސްތަގްރާމު ސްޓޯރީއަށް އެ ހަދިޔާތައް އޭނާއާ ހަވާލުކުރާ ވީޑިއޯ ހިއްސާކޮށްފަ އެވެ. އެގޮތުން ފެނިގެންދަނީ މޫނު އަޅައިގެން އިން އަންހެނެކެވެ. އަދި ދެ މީހުން ވާހަކަ ދައްކާ ވީޑިއޯއެއް ވެސް އިން ނަމަވެސް އޭގައި އަޑެއް ނެތެވެ. 

ފާޒިލް ބުނާ ގޮތުގައި ނަމަ އެގޮތަށް އަންހެން މީހާގެ ފޮޓޯތައް އޭނާ ހިއްސާ ނުކުރީ އެމީހާގެ ޕްރައިވަސީއަށް އުނިކަމެއް އަތުވެދާނެތީ އެވެ. އެކަމަކު ސޯޝަލް މީޑިއާގައި ރެއިން ފެށިގެން ހިނގާދިޔަ ކަންކަމާއެކު ޝަރުމީލާ ވަނީ އާންމުންނަށް ފެނިލަން އެއްބަސްވެފައި ކަމަށް ވެސް ފާޒިލް ބުނެ އެވެ. 

އަދި އެންމެން ވެސް ޝަރުމީލާގެ ޕްރައިވަސީއަށް އިހުތިރާމު ކުރުމަށް އޭނާ ވަނީ އެދިފަ އެވެ.

އެ ފޮޓޯތައް އޭނާ ސޯޝަލް މީޑިއަށް ހިއްސާކުރިއިރު އެމީހުން އިށީންދެގެން ތިބި ތަނުގައި ޝަރުމީލާއަށް އޭނާ ހަދިޔާކުރި ކަމަށް ބުނާ ސާމާނު ވެސް ފެންނަން ހުއްޓެވެ. 

ޝަރުމީލާ ފެނިފައި މިވަނީ ގިނަ ބަޔަކު އޭނާއަކީ އަސްލު މީހެއްނަމަ، އާންމުންގެ ތެރެއަށް ވެސް ގޮވަމުންދިޔަ ދަނޑިވަޅެއްގަ އެވެ. 

ގިނަ ބަޔަކު ވަނީ ޝަރުމީލާގެ އެކައުންޓަކީ "ފޭކެއް" ކަމަށް ބުނެފަ އެވެ. އެގޮތުން މައްސަލަގަނޑު ހިލިގެން ދިޔައިރު، ފާޒިލް ޝަރުމީލާ އަށް ފޮލޯ ކުރި ކަމަށް ގިނަ ބަޔަކު ބުނެ އެވެ. އެ މީހުން ބުނާގޮތުގައި މައްސަލަ ގަނޑު ހޫނުވެގެން ދިއުމާއި އެކު ފާޒިލް ޝަރުމީލާ އަށް އަންފޮލޯ ކޮށްލުމަކީ ވެސް ކަމެއް ފޮރުވަން މަސައްކަތް ކުރާ ކަމުގެ ހެތްކެކެވެ. 

ޝަރުމީލާ އަށް އަންފޮލޯ ކުރުމުގެ އިތުރުން، މައްސަލަ ހޫނުވުމާއި އެކު ފާޒިލް ފަހުން ވަނީ އެ އިނާމުތަކަށް ހޮވުނީ ޝަރުމީލާ ކަމަށް ބުނެ ކުރި ޕޯސްޓެއް ވެސް ޑިލީޓްކޮށްފައި ކަމަށް ވެއެވެ. އޭގެ އިތުރުން ގުރުއަތުން ޝަރުމީލާ ހޮވުނު މަންޒަރު ދައްކުވައިދޭ ވީޑިއޯ ގައި ވެސް މައްސަލަތަކެއް ފާހަގަ ކުރެވިފައިވާއިރު، މިހާރު ފާޒިލް ވަނީ އެ ވީޑިއޯ ވެސް ޑިލީޓް ކޮށްފަ އެވެ.

ފާޒިލް އޭނާގެ ފޮލޯވަރުންނަށް ދޭން އިއުލާނުކުރި ހަދިޔާތަކުގެ ތެރޭގައި މެކްބުކް ގޯލްޑް އެއާ އަކާއި، އެއާޕޮޑެއްގެ އިތުރުން 512 ޖީބީގެ އައިފޯން އެކްސް އެސް އަކާއި ވިކްޓޯރިއާ ސީކްރެޓް ގިފްޓް ހެމްޕާ އަކާއި ޖޯޖިއާ އާއި ގޫޗީގެ އިތުރުން ޑިއޯ އާއި އަރުމާނީ ފަދަ އަގުބޮޑު ބްރޭންޑްތަކުގެ ސާމާނު ހިމެނެ އެވެ. އެ ހުރިހާ އެއްޗެއްގެ އަގު ބައި ލައްކަ ރުފިޔާ އަށް ވުރެ ބޮޑު ވާނެ ކަން ޔަގީނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް