އިވާން ރަކިޓިޗްގެ ގޯލާއި އެކު ބާސާއަށް މި ވަގުތު ޓޭބަލްގެ އެއްވަނަ ލިބިފައި އޮތަސް، މިރޭ މަޔޯކާ ދެކޮޅަށް ރިއާލް މެޑްރިޑް ކުޅޭ މެޗުން ރިއާލް މޮޅުވެއްޖެ ނަމަ ރިއާލްއަށް އަލުން އެއްވަނަ މަގާމު ލިބޭނެއެވެ.
ބާސާ އެއްވަނައިގަ އޮތީ ރިއާލްއަށްވުރެ އިތުރަށް އެއް މެޗު ކުޅެ ޖުމްލަ ފަސްދޮޅަސް އަށް ޕޮއިންޓާ އެކުއެވެ. ރޭގެ މެޗުގައި ބާސާއިން ޖެހި ހަމައެކަނި ގޯލު ފަހު ހާފުގައި ޖެހީ މެސީ ތަނަވަސްކޮށްދިން ފުރުސަތަކުން ރަކިޓިޗެވެ. ބާސާއަށް ދެން އޮތީ ސެލްޓަވީގޯ މެޗެވެ.