ads
ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ޖަވާބުދާރީ ކުރުވުމަކީ ނުފޫޒު ފޯރުވުމެއް ނޫން: އަސްލަމް
އެއްވެސް މުއައްސަސާއެއް ޖަވާބު ދާރީ ކުރުވުމުގެ މަސައްކަތަކީ ނުފޫޒު ފޯރުވުން ނޫންކަމަށް 241 ކޮމިޓީގެ މުގައްރިރު، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީން ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލާއި ގުޅޭގޮތުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ އެއްވެސް މުއައްސަސާއެއް ޖަވާބު ދާރީ ކުރުވުމަކީ ނުފޫޒު ފޯރުވުން ނޫންކަމަށެވެ. 

"ފުލުހުންގެ ތެރެއަށް ނުފޫޒުފޯރުވުމަކީ ސިޔާސީ މީހަކު ނުވަތަ 241 ކޮމިޓީގެ މުގައްރިރު، މިސާލަށް އަޅުގަނޑު ގުޅާފަ ފުލުސް ކޮމިޝަނަރު ކައިރީގާ މިވެނި މައްސަލައެއް ބަލާށޭ، މިކަން ތިހެން ނުކުރާށޭ، މިކަން ހުއްޓާށޭ، މިމައްސަލަ ނުބަލާށެ، އެއީ އަސްލު ނުފޫޒު ފޯރުވުމަކީ."

އެފަދަ ގޮތަކަށް އެއްވެސް ކަމެއް ހިނގައިގެން ނުވާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ. އެހެން ނަމަވެސް މައްސަލައެއް ހިނގަމުންދާއިރު އެ މައްސަލައެއް ލަސްވާ ސަބަބާއި، ހުރި ދަތިތަކާއި އެމައްސަލަތައް ނުބަލާ ސަބަބެއް ކޮމިޓީއަށް ސާފު ކުރުމަކީ ސިޔާސީ ނުފޫޒު ފޯރުވުން ނޫންކަމަށެވެ. 

އަސްލަމް ވިދާޅުވީ ފުލުހުންގެ މުއައްސަސާއާއި އެހެން މުއައްސަސާތަކަށް ވެސް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ސިޔާސީ ނުފޫޒު ފޯރުން ކަމަށް ގަބޫލުކުރާކަމަށެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެފަދަ ކަންތައްތަކެއް ހިނގާފައިވާކަމަށާއި އެހެން ނަމަވެސް މި ބިލުން ފުލުހުންގެ މުވައްސަސާގެ މިނިވަންކަން ކަށަވަރު ކުރެވިގެން ދާނެކަމަށް އަސްލަމް ވިދާޅުވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް