ads
ކަބީރު ސިންގް
މިއަހަރު އެންމެ ގިނަ ބަޔަކު ގޫގުލް އިން ސާޗު ކުރީ ކަބީރު ސިންގް!
މިއަހަރު އިންޑިއާއިން އެންމެ ގިނަ ބަޔަކު ގޫގުލް ސާޗު ކުރި ފިލްމަކަށް ޝާހިދު ކަޕޫރުގެ "ކަބީރު ސިންގް" ވެއްޖެ އެވެ.
މިއަހަރު އިންޑިއާއިން އެންމެ ގިނަ ބަޔަކު ގޫގުލް އިން ސާޗު ކުރި ފިލްމަކަށް ޝާހިދު ކަޕޫރުގެ "ކަބީރު ސިންގް" ވެއްޖެ އެވެ.

ސަންދީޕް ރެއްޑީ ވަންގާ ޑައިރެކްޓްކޮށް މިއަހަރުގެ ޖޫން މަހުގެ ތެރޭގައި ނެރުނު ފިލްމު ކަބީރު ސިންގުގެ ލީޑު ރޯލުން ފެނިގެންދަނީ ޝާހިދު ކަޕޫރާއި ކިއާރާ އަދުވާނީ އެވެ.

ލޯބީގެ އެފިލްމަށް ބެލުންތެރިންގެ ފަރާތުން ރަނގަޅު ކޮމެންޓްތަކެއް ނުލިބުނު ނަމަވެސް އެފިލްމަށް 380 ކްރޯޑު ރުފީސް ލިބުނެވެ.

މީގެއިތުރުން މާވެލް ސުޕަހީރޯ، ފިލްމު އެވެންޖާސް: އެންޑްގޭމްއަކީ ވެސް ވޯލްޑްވައިޑްކޮށް އެންމެ ބޮޑު ތަރުހީބު ލިބުނު އެއް ފިލްމެވެ. އެގޮތުން ހަމައެކަނި އިންޑިއާއިން ވެސް 450 ކްރޯޑް ރުޕީސް ލިބުނެވެ. ނަމަވެސް އެގޮތަށް އެކަން އޮތް ނަމަވެސް އިންޑިއާއިން ގޫގުލް ސާޗު ފިލްމުތަކުގެ ލިސްޓުގެ ކުރީގައި އުޅެނީ ކާބީރު ސިންގް އެވެ.

އޭގެ ފަހުން އެންޑްގޭމް އަދި ޖޯކާ އެ ލިސްޓުގައި ހިމެނޭއިރު ދެން ލިސްޓުގައި އުޅޭނީ ކެޕްޓަން މާވެލް އަދި ސުޕަ 30 އެވެ.

ކަބީރު ސިންގް ލިސްޓުގެ ކުރިން ޖާގަ ހޯދާއިރު އެ ފިލްމަކީ ތެލޫގޫ ފިލްމު، އަރުޖުން ރެއްޑީގެ ރީމޭކެކެވެ. އެ ފިލްމުގައި ޝާހިދު، ކަބީރުގެ ރޯލުން ފެނިގެންދާއިރު ކިއާރާ ފެނިގެންދަނީ ޕްރީތީގެ ގޮތުގަ އެވެ. އެގޮތުން ކޮލެޖު ދައުރުގައި ޕްރިތީ އަށް ކަބީރު ހިތްކިޔައިގެން އުޅޭ މަންޒަރާއި އޭނާ ނުލިބުމުން ކުރާ ހިތާމަތަކުގެ އިތުރުން ޕްރީތީ ހޯދަން އޭނާ ކުރާ މަސައްކަތް ފިލްމުގައި ފެނިގެންދެ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް