ނިކް ބޮލީވުޑަށް ތައާރަފުވަނީ
11 ޑިސެމްބަރ 2019 - 21:41:17
މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްރާގެ ފިރިމީހާ، ނިކް ޖޯނަސްއަކީ ވެސް ތަރުހީބު ބޮޑު ތަރިއެކެވެ. އޭނާއަކީ ހޮލީވުޑުގެ ކާމިޔާބު ލަވަކިޔުންތެރިއެކެވެ. އެހެންނަމަވެސް ނިކް މިވަނީ އަނބިމީހާއެކޭ އެއްްގޮތަށް ބޮލީވުޑަށް މިސްރާބު ޖަހާފަ އެވެ. އެކަމަކު ފިލްމުތަކުގައި އެކްޓު ކުރާކަަށް ނޫނެވެ.
މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްރާގެ ފިރިމީހާ، ނިކް ޖޯނަސްއަކީ ވެސް ތަރުހީބު ބޮޑު ތަރިއެކެވެ. އޭނާއަކީ ހޮލީވުޑުގެ ކާމިޔާބު ލަވަކިޔުންތެރިއެކެވެ. އެހެންނަމަވެސް ނިކް މިވަނީ އަނބިމީހާއެކޭ އެއްްގޮތަށް ބޮލީވުޑަށް މިސްރާބު ޖަހާފަ އެވެ. އެކަމަކު ފިލްމުތަކުގައި އެކްޓު ކުރާކަަށް ނޫނެވެ. ފިލްމު ޕްރޮޑިއުސްކުރާށެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި ނިކް އަންނަނީ ބޮލީވުޑުގެ ފިލްމުތަކުގެ އިތުރުން އިންޑިއާގެ އެހެން ބަހުރުވައިގެ ފިލްމުތައް ޕްރޮޑިއުސް ކުރުމުގެ މަސައްކަތެއް ވެސް ކުރަމުންނެވެ.
ނިކްގެ އަނބިމީހާ، ޕްރޮޔަންކާ އަންނަނީ 2015 ވަނަ އަހަރުން ފެށިގެން ހޮލީވުޑުގައި ވެސް މަސައްކަތް ކުރަމުންނެވެ. ނަމަވެސް އޭރަށް ފަހު ބޮލީވުޑާ ޕްރިޔަންކާ ވަރަށް ބޮޑަށް ދުރަށް ޖެހިލިނަމަވެސް އޭނާ ވަނީ މިއަހަރު އެނބުރި ބޮލީވުޑަށް ވެސް އައިސްފަ އެވެ. ނަމަވެސް ފިލްމަށް އެހާ ތަރުހީބު ރަނގަޅެއް ނޫނެވެ.
ޕްރިޔަންކާ އަންނަނީ ޕްރޮޑަކްޝަން ހައުސެއް އުފައްދާ ފިލްމު ޕްރޮޑިއުސް ކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. މިހެންކަމުން އުއްމީދު ކުރެވެނީ ފިރިމީހާއާ ގުޅިގެން ވަރުގަދަ ފިލްމުތަކެއް އުފެއްދުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް