ads
ހިޔާ މަޝްރޫއުގެ ފްލެޓުތަކެއް-- ފޮޓޯ: ސީއެންއެމް
ބޮޑުއަގު ދައްކަން ޖެހޭއިރު މިހާރު އުޅޭ ތަނުގެ ޖާގައަށް ފެލެޓް ހުރުމުން ކަމަކުނުދޭ: ވައްޑެ
ރައްޔިތުންގެ ނަމުގައި ލޯނު ނަގާ އެޅި އިޖުތިމާއީ ފްލެޓްތަކުގެ ޖާގަ މިހާރު އުޅޭ ތަނުގެ ޖާގައާ އެއްވަރު ވުމުން ކަމުނުދާ ކަމަށް އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެ އެވެ.

ހިޔާ ފްލެޓްގެ ކަންކަމުަގއި މެމްބަރު ވަހީދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަން ހައްލުކުރުމަށް ބޮޑު އަގުގައި 500 އަކަފޫޓު ދިނުމަކީ އެކަން ހައްލުކުރުން ނޫންކަމަށާއި އެއީ ބޮޑު ނާއިންސާފެއްކަމަށެވެ. އަދި ރައްޔިތުންގެ ނަމުގައި ލޯނުނަގައި މިހާރު އުޅޭ ތަންތަނުގެ މިނަށް ބޮޑު އަގު ދައްކާ ގޮތަށް ފްލެޓް އެޅުމުން ބޯހިޔާވަހިކަމަށް ހައްލު ގެނެވުނީ ނޫންކަމަށްވެސް ވިދާޅުވެފައިވެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ ވެރިކަމުގައި މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލު ހޯދުމަށް ފެށި ހިޔާ މަޝްރޫއަކީ އީސްރާފުވެގެން ދިޔަ ފައިސާތަކެއް ކަމަށް އެމްޑީޕީ ސަރުކާރުގެ އިސް ބޭފުޅުން އަންނަނީ ވިދާޅުވަމުންނެވެ. އެގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހިޔާ ފްލެޓް ސިފަކޮށް ވިދާޅުވަނީ އިރުއޮއްސޭ ވަގުތު ބޭރުން ފޮޓާ ނަގަން ރީތިވިޔަސް މީހުން ދިރިއުޅެން ކަމުނުދާކަމަށެވެ. އަދި ހިޔާ ފްލެޓާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެއީ ކޮތަރު ކޮއްޓެއްކަމަށެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް