ހައްގުތަކަށް ކަށަވަރު ނުކުރެވޭކަމަށާއި އިސްލާމް ދީނަކީ ހަރުކަށި ފިކުރުގެ ދީނެއްކަމަށް ބުނެ ދައްކާ ވާހަކަ ތަކަށް ރައްދު ދެއްވާ ސީއެންއެމް އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޝޭހް އިލްޔާސް ވިދާޅުވީ އިސްލާމް ދީނަކީ އެންމެގެ ހައްގުތައް ކަށަވަރުކޮށްފައިވާ ދީނެއްކަމަށާއި ދީނުގައި އަންގަވާފައިވާ ގޮތަށް އަމަލުކުރުމުން ހައްގުތައް ކަށަވަރު ކުރެވޭނެ ކަމަށެވެ. އަދި އިސްލާމް ދީނަކީ ހަރުކަށި ދީނެއް ނޫންކަމަށް ވެސް އިލްޔާސް ފާހަގަކުރެއްވި އެވެ.
ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ފެނިގެންދަނީ ހައްގުތައް ކަށަވަރު ނުވާކަމަށް ވާހަކަ ދައްކާ އެ ހައްގު ހޯދައި ދިނުމަށްކަމަށް ބުނެ އަމިއްލަ ގާނޫނު ހަދަމުން އަންނަ ތަންކަމަށް އިލްޔާސް ވިދާޅުވި އެވެ.
އޭގެ އިތުރުން އޭނާ ވިދާޅުވީ އިންސާނުންނަށް އިންސާނުންގެ ލަގަބު ދިނީ އިސްލާމްދީނުން ކަމަށާއި އިސްލާމްދީނުގައި އިންސާނީ ހައްގު ކަށަވަރުކޮށްދީފައިވާ މިންވަރަށް އެހެން ދީނަކުން އެކަން ކަށަވަރުކޮށް ނުދޭނެ ކަމަށެވެ.
އަދި އިސްލާމްދީނުގައި ހައްގުތައް ކަށަވަރު ކޮށްދީފައިވާ މިންވަރަށް އިންސާނީ ހައްގުތައް ކަށަވަރުކޮށްދޭނެ ކަމަށް ބުނެ އުފައްދާފައިވާ ޖަމިއްޔާތަކަށް ވެސް އެކަން ކަށަވަރު ނުކޮށްދެވޭނެ ކަމަށް އިލްޔާސް ވިދާޅުވި އެވެ.