ads
ޕެންޝަން އޮފީސް--
ޕެންޝަން އޮފީހަށް ސީއީއޯއެއް ހޯދަނީ
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަނަށް ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އެއް ހޯދަން އިއުލާންކޮށްފި އެވެ.

އެ އޮފީހުން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ގާނޫނުގެ 6 ވަނަ މާއްދާގެ (ޅ) އިން ޕެންޝަން އޮފީހުގެ ބޯޑަށް ލިބިދޭ ބާރުގެ ދަށުން ޢައްޔަން ކުރެވޭ ޕެންޝަން އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލާ ކަމަށެވެ. 

އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށެވެ. 

ޕެންޝަން އޮފީހުން ބުނާ ގޮތުގައި އެމަގާމަށް ހުޅުވާލާފައި ވަނީ ތިން އަހަރަށް ނަމަވެސް ޕާފޯމަންސްއަސް ބަލައި އެ މުއްދަތުކުރެވޭނެ އެވެ. އަދި މުސާރަޔާއި އިނާޔަތް ކަނޑައަޅާނީ ތައުލީމީ ފެންވަރާއި ތަޖުރިބާއަށް ބެލުމަށް ފަހު އެވެ. 

އެ އޮފީހުން ވަނީ ޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަން ބާތިލް ކުރުމުގެ އިހްތިޔާރު ޕެންޝަން އޮފީހަށް ލިބިގެންވާ ކަމަށެވެ. އަދި އެ މަގާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއަށް ދައުވަތު ދެވޭނީ މަގާމުގެ ޝަރުތުތައް ހަމަވެ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް ކަމަށް ވެސް ބުނެ އެވެ. 

އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަން ޖެހޭ ތަކެތީގެ އިތުރުން ވެސް އެކަމުގެ ތަފްސީލު ވެސް ޕެންޝަން އޮފީހުގެ ވެބްސައިޓް އިން ލިބޭނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް