ads
ހިރިޔާ ސްކޫލްގެ ދަރިވަރުން ހޯލުގައި: ސްކޫލްތައް ހުޅުވަން ރައްކާތެރިކަން ޔަގީން ކުރަންޖެހޭ--
ސްކޫލްތައް ހުޅުވުން ރައްކާތެރި ބާ؟
މިހާރަކަށް އައިސް ދިވެހިރާއްޖޭގެ ތަފާތު ޓީވީ ޗެނަލްތަކުން ކޮންމެ ރެއަކުހެން ދައްކަމުންދާ އެއްވާހަކީ ސްކޫލްތައް ޖުލައި މަހުގައި ހުޅުވުމަށްޓަކާއި ތައްޔާރީތަކެއް ވަމުންދާ ވާހަކައެވެ. އަދި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވެސް ވަނީ އަންނަ މަހުގެ ޖުލައިގައި ސްކޫލްތައް ހުޅިވިގެންދާނެ ކަމަށް ވިދާޅުވެފައެވެ.

ނަމަވެސް އުފެދޭ ސުވާލަކީ ރާއްޖޭގެ ސްކޫލްތައް ހުޅުވުމަކީ މިދަޑިވަޅުގައި ކިހާ ރައްކާތެރިކަމެއް ބާއެވެ؟ މިއީ މިއަދު އެންމެންވެސް ކުރަމުންދާ ސުވާލެކެވެ. ވަކިން ހާއްސަކޮށް ވައިރަސް ފެތުވެރިފައިވާ މާލެއާއި އަދި ގއ. މާމެންދޫގެ ރައްޔިތުންގެ ތެރޭގައި މި ސުވާލު އުފެދެއެވެ.

މާލޭގައި އަދިވެސް ވައިރަސް ކޮންޓްރޯލް ނުކުރެވެއެވެ. މިގޮތުން މިމަހުގެ 14 ވަނަ ދުވަހުން ފެށިގެން 22 އާ ހަމައައް ވަނީ 204 ޕޮޒިޓިވް ކޭސް ފެނިފައެވެ.  މީގެ ތެރެއިން 36 އިންސައްތަ ( 74 މީހުން) މީހުންނަކީ ދިވެހިންނެވެ. އަދި އެއްވެސް ކުލަސްޓާ އަކާ ގުޅުމެއް ނެތް ބައެއް ވެސް އެބެއުޅެއެވެ. ވީމާ މިއި ކަންބޮޑުވާ ކަމެކެވެ. އެއީ އެންމެ މީހެއްގެ ފަރާތުންވެސް މުޅި މުޖުތަމައު އެއްކޮށް މިބަލީގެ ޝިކާރައަކަށް ވުމަކީ އެކަޝީގެންވާކަމެކެވެ.

ސްކޫލްތައް ހުޅުވުމުގެ ސަބަބުން މުޅި މުޖުތަމައު އެއްކޮށް ހޭލައްވައި ތަންތަނުގައި ތޮއްޖެހުމުގެ ފުރުސަތު ބޮނޑުވެގެން ދެއެވެ. ސްކޫލްގެ މުވައްޒަފަކުވެސް އަދި ދަރިވަރަކުވެސް މިބަލީގެ ޝިކާރައަކަށްވެ ސްކޫލަށް ހާޒިރު ވެއްޖެނަމަ މުޅި ސްކޫލްގެ ހުރިހާ އެންމެންނަށް މިކަމުގެ ބިރުވެރިކަން އެބައޮތެވެ. ވަކިން ހާއްސަކޮށް އަޅުގަޑުމެންގެ ލޮލުގެ ފިނިކަން ކަމުގައިވާ ދަރިން މިފަދަ ނުރައްކަލައަކަށް ވެއްޓިގެން ދިޔުމަކީ އެއްވެސް ބެލެނިވެރިއަކު ބޭނުން ވާނެކަމެއް ނޫނެވެ.

މިބަލި ފެތުރިފައިވާ ބައެއް ގައުމުތަކުގައިވެސް ސަލާމަތީ ފިޔަވަޅުތަކާއެކު ސްކޫލްތައް ނިއު-ނޯމަލްގެ ނަމުގައި ހުޅުވުން ވެގެންދިޔައީ ހިތި ތަޖުރިބާއަކަށެވެ. މިގޮތުން ޖެހުނީ ސްކޫލްތައް އަނެއްކާވެސް ބަންދުކުރާށެވެ. ބައެއް ގައުމުތަކުގައި މިއަހަރުގެ ނިމެންދެން ސްކޫލްތައް ނުހުޅުވާ ގޮތައް ވަނީ ނިންމާފައެވެ. ކޮންމެ ގޮތެއްގައިވެސް ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން ހޯދައިދިނުމަކީ ހުރިހާ އެންމެންވެސް ކުރަންޖެހޭނެ ކަމެކެވެ. އަދި ހާއްސަކޮށް މާލޭގައި މިބަލި ކޮންޓްރޯލް ނުކުރެވޭއިރު ސްކޫލްތައް ނުހުޅުވުމުން ދަރިވަރުންނާ މުވައްޒަފުންނައް ބަލިން ރައްކާތެރިވުމައް ލިބޭ ފައިދާއައްވުރެ ސްކޫލްތައް ހުޅުވުން ދަރިވަރުންނަށް މިބަލިން ރައްކާތެރިވުމަށް ލިބޭ ފައިދާ ވަޒަން ކުރަން އެބަޖެހެއެވެ. 

މީގެ އިތުރަށް ވެސް  ކޮވިޑް-19 ބޮޑަށް ފެތުރިފައިވާ ގައުމުތަކުގައި "ކަވަސާކީ" ނަމަކަށް ކިޔާ، ބައްޔެއްގެ އަލާމާތްތައް ފަސް އަހަރާއި 18 އަހަރާއި ދެމެދުގެ ކުދިންގެ ގައިން ދަނީ ފެންނަމުންނެވެ. ޑަބްލިޔުއެޗްއޯ އިންވެސް ވަނީ މިކަން ކަށަވަރުކޮށްފައެވެ. އަދި  މިބައްޔާއި ކޮވިޑް-19 އާއި ގުލުމެއްވާކަމަށް ލަފާކުރެވޭ ކަމަށެވެ، ނަމަވެސް އެކަން ޔަގީންކުރެވޭނީ އިތިރު ދިރާސާތަކެއް ކޮށްގެންކަމައް އެފަރާތުން ހާމަކުރެއެވެ. މިގޮތުން މިބަލި ޖެހިފައިވާ  ބައެއް ކުދިން ވަނީ ކޮވިޑް-19 އަށް ޕޮސިޓިވް ވެފައެވެ. އަދި ބައެއް ކުދިންގެގައިން ވަނީ އެންޓިބޮޑީސް ވެސް ފެނިފައެވެ. 

ދިވެހިރާއްޖޭގައި ދިރިއުޅޭ  އިންޑިއާ ކުއްޖެއްގެ ގައިން މި ބަލި ވަނީ ފެނިފަ އެވެ. ދުނިޔޭގެ ބައެއް ގައުމުތަކުން މި ބަލި ފެނިފައިވާ އިރު ރާއްޖޭއިން ވެސް މި ބަލި ފެނިފައިވާއިރު، ސްކޫލްތައް ހުޅުވިގެންދާއިރު ބެލެނިވެރިން މިކަމަށް ރަތްކާތެރިވެގެން ތިބުމަކީ މުހިއްމު ކަމެކެވެ. އަދި ސިއްހީ މާހިރުން ލަފާކުރާގޮތުން ކޮވިޑް-19 ގެ ދެވަނަ ރާޅު އައުމަކީ އެކަށީގެންވާކަމެކެވެ. ވީމާ، މިފަދަ ހާލަތަކަށް އަޅުގަޑުމެންގެ ދަރިވަރުން ދޫކޮށްލާއިރު ހުރިހާ ބެލެނިވެރިންވެސް އަދި ސަރުކާރުގެ މުވައްސަސާތަކުން ވަރަށްވެސް ވިސްނަން ޖެހެއެވެ. މިއީ ހަމަ ހަގީގަތުގައި ވެސް ސްކޫލްތައް ހުޅުވަން ރައްކާތެރި ވަގުތެއްތޯ އެވެ،

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް