އދ. ފެންފުށި ތުނޑި ސަރަހައްދުން ފަތުރުވެރިކަމުގެ ބޭނުމަށް ހަތަރު ބިމެއް ދޫކުރަން ރަށު ކައުންސިލުން ކުރި އިއުލާނު ޓޫރިޒަމް މިނިސްޓްރީން ބާތިލުކޮށްފި އެވެ.

Advertisement
އދ. ފެންފުށި ތުނޑި ސަރަހައްދުން ފަތުރުވެރިކަމުގެ ބޭނުމަށް ހަތަރު ބިމެއް ދޫކުރަން ރަށު ކައުންސިލުން ކުރި އިއުލާނު ޓޫރިޒަމް މިނިސްޓްރީން ބާތިލުކޮށްފި އެވެ.
މިދިޔަ އަހަރުގެ އޮގަސްޓު 30 ގައި ކުރި އެއިއުލާނުގައި ވަނީ ފެންފުށީ ތުނޑި ސަރަހައްދުން 5000 އަކަ ފޫޓުގެ ހަތަރު ބިމެއް ދޫކުރަން އިއުލާނުކޮށްފަ އެވެ.
މިނިސްޓްރީން ބުނި ގޮތުގައި އެ އިއުލާން ބާތިލުކުރަން ނިންމީ ބީލަން ހުށަހަޅަން ޖެހޭ ގޮތް ސާފު ނުވާތީ އާއި ޓޫރިސްޓު ގެސްޓްހައުސް ތަރައްގީކުރުމަށް ކައުންސިލް މެދުވެރިކޮށް ބިން ކުއްޔަށް ދިނުމަށް ބިން ކަނޑައެޅުމާއި ބެހޭ އުސޫލުގެ ހަތަރު ވަނަ މާއްދާގެ ހ ގައިވާ ގޮތުގެ މަތިން، އިއުލާނުގެ ދަށުން ހުޅުވާލެވޭ ބިން ބިމުގައި ތަރައްގީ ކުރެވޭނީ ވަކިވަކި ގެސްޓްހައުސްތަކެއްކަން ބީލަން ފޮތުން ވެސް ސާފުނުވާތީ އާއި ބީލަން ކާމިޔާބު ކުރި ފަރާތާއެކީ އަދި އެގްރީމެންޓްގައި ވެސް ސޮއި ކުރެވިފައި ނުވާތީ ކަމަށެވެ.
މިނިސްޓްރީން އިތުރަށް ބުނީ، ފެންފުށީ ކައުންސިލާއި ގުޅިގެން އެ ބިންތައް އަލުން ބީލަމަށް ހުޅުވާލުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް މިނިސްޓްރީން ކުރަމުންދާނެ އެވެ.