ads
ހުޅުދެލި ބަނދަރު/ ފޮޓޯ:އެމްޓީސީސީ
ހުޅުދެލި ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް ފަށައިފި
ދ. ހުޅުދެލި ބަނދަރު ބޮޑުކޮށް، ތަރައްގީކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފި އެވެ.

އެމްޓީސީސީ އިން ބުނީ އެ ޕްރޮޖެކްޓުގެ ދަށުން ހުޅުދެލީގައި 432 މީޓަރުގެ ބަނދަރެއް ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. 

އެގޮތުން އެ މަސައްކަތް ކުރުމަށް އެ ރަށުގެ ފަޅުން 46،585 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުންކޮށް 277 މީޓަރުގެ ބޭރު ތޮއްޓެއް ލުމަށް ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީ އިން ބުނެ އެވެ.

އެމްޓީސީސީ އިން ބުނީ އެ ރަށުގެ ބަނދަރު ސަރަަހައްދުގެ ގޮނޑުދޮށް ހިމާޔަތްކުރުމަށް 60 މީޓަރުގެ ގްރޮއީންސް ޖެހުމަށާއި 60 މީޓަރުގެ ރިވެޓްމަންޓް ޖެހުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އޭގެ އިތުރުން ބަނދަރުގައި ދުވާރު ހަދައި ހޮޅިބުރި ހަރުކުރުންވެސް އެ ޕްރޮޖެކްޓުގައި ހިމެނޭކަމަށް އެ ކުންފުނިން ބުނެއެވެ. 

އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް އެމްޓީސީސީ އާ އެ ޕްރޮޖެކްޓު ހަވާލުކޮށްފައި ވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު އެވެ. އެހެން ނަމަވެސް އެންވަޔަރަމަންޓަލް އިމްޕެކްޓް އެސެސްމަންޓް މަސައްކަތް ނިންމައި ބަނދަރުގެ މަސައްކަތް ކުރިއަށްގެންދިއުމުގެ ހުއްދަ އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ އިން ދިފައި ވަނީ މި އަހަރުގެ އޭޕްރިލް 30 ވަނަ ދުވަހު އެވެ. 

އެ ޕްރޮޖެކްޓަށް 39.8 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އެމްޓީސީސީ އިން ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް