ads
އޭޝިއަން ޑިވެލޮޕްމެންޓް ބޭންކު
އޭޑީބީ އިން ރާއްޖެ އަށް 50 މިލިއަން ޑޮލަރު ދެނީ
އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން ރާއްޖެ އަށް 50 މިލިއަން ޑޮލަރު ދޭން ނިންމައިފި އެވެ.
Advertisement

އޭޑީބީ އިން ރާއްޖެއަށް ދޭން ނިންމާފައި ވަނީ 25 މިލިއަން ރުފިޔާގެ ލޯނަކާއި 25 މިލިއަން ރުފިޔާގެ ހިލޭ އެހީ އެކެވެ. މިއީ ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ދިމާވެފައިވާ ގޮންޖެހުންތަކަށް އެހީތެރިވުމުގެ ގޮތުންދޭ އެހީތަކެއް ކަމަށް އެ ބޭންކުން ބުނެ އެވެ. 

އޭޑީބީގެ ފަރާތުން މިލިބުނު އެހީ އިން ރާއްޖޭގެ ފަސް ސަރަހައްދެއްގައި ކޮވިޑް-19 އަށް ޓެސްޓުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތްކުރާނެ އެވެ. އަދި އައިސޮލޭޝަން ފެސިލިޓީތަކުގައި ބޭނުން ކުރެވޭ 400 ހަމަޖައްސައި ކްރިޓިކަލް ކެއާއަށް ހާއްސަކޮށް މަދުވެގެން 200 އެނދު ހަމަޖެއްސުމަށް އެ ފައިސާ ބޭނުން ކުރެވޭނެ އެވެ. 

އޭގެ އިތުރުން ވާލަކު ޓެސްޓުކުރެވޭ މިންވަރު 800 އަށް އިތުރުކޮށް ކޮވިޑް-19 ގެ ސަބަބުން ވަޒީފާއާއި އާމްދަނީއަށް އަސަރު ކޮށްފައިވާ މީހުންނަށް އެލަވެންސް ދިނުމަށާއި ނާޒުކު ގްރޫޕްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް އެފައިސާ ބޭނުން ކުރެވޭނެ އެވެ. 

އޭޑީބީގެ ރައީސް މަސަޓްސުގޫ އަސަކާވާ ވަނީ ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ސިއްހީ ދާއިރާއަށާއި އިގްތިސާދަށް ކުރާ އަސަރުތަކުން އަރައިގަތުމަށް ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ބޭންކުން ތައްޔާރަށް އޮތްކަމަށް ވިދާޅުވެފަ އެވެ. އެގޮތުން ރާއްޖެއަށް ބޭނުންވާ ބަޖެޓު ސަޕޯޓާއި ވިޔަފާރިތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަކީ މުހިންމުކަމެއް ކަމަށް އަސަކާވާ ވަނީ ވިދާޅުވެފަ އެވެ.

އޭޑީބީ އިން ވަނީ ކޮވިޑް-19 ގެ ސަބަބުން އެ ބޭންކުގެ މެންބަރު ގައުމުތަކަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް އެހީތެރިވުމަށް 20 ބިލިއަން ޑޮލަރުގެ ސަޕޯޓު ފެސިލިޓީއެއް ކަނޑައަޅައިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް