ads
ފިޔާ--
ފިޔާގެ އަގު 70 ރުފިޔާއަށްވުރެ މައްޗަށްް!
މިދިޔަ ހަފުތާގެ ތެރޭގައި ބާޒާރުގައި 45 ރުފިޔާއަށް ވިއްކަމުން ދިޔަ ފިޔާ ކިލޯއެއްގެ އަގު 70 ރުފިޔާއަށްވުރެ މައްޗަށް އަރައިފި އެވެ.
މިދިޔަ ހަފުތާގެ ތެރޭގައި ބާޒާރުގައި 45 ރުފިޔާއަށް ވިއްކަމުން ދިޔަ ފިޔާ ކިލޯއެއްގެ އަގު 70 ރުފިޔާއަށްވުރެ މައްޗަށް އަރައިފި އެވެ.

ކުރިން 10 ރުފިޔާއާއި 12 ރުފިޔާއަށް ހުރި ފިޔާ ކިލޯއެއްގެ އަގު މިދިޔަ ހަފުތާގައި 45 ރުފިޔާއަށް އުފުލުނުއިރު އޭރު ފިޔާ ބަސްތާއެއްގެ އަގު އުޅެނީ 750 ރުފިޔާ އާއި 900 ރުފިޔާއާ ދެމެދުގަ އެވެ.

ފިޔާގެ އަގު އުފުލިފައި މިވަނީ އިންޑިއާގައި ވެސް ފިޔާގެ އަގު އުފުލިފައިވާތީ އެވެ. އެގައުމަކީ ރާއްޖެއަށް ފިޔާ އެތެރެކުރާ އެއް ގައުމެވެ.

އިންޑިއާގައި ފިޔާގެ އަގު އުފުލިފައި ވަނީ އެގައުމަށް ކުރި ވިއްސާރައާ ގުޅިގެން ފިޔާ ދަނޑުތަކަށް ވަރަށް ބޮޑު ގެއްލުމެއް ލިބިފައިވާތީ އެވެ.

މިހާރު ފިޔާ ކިލޯއެއްގެ އަގު 70 ރުފިޔާއަށްވުރެ މަތީގައި އުޅޭއިރު ބަސްތާއެއްގެ އަގު އުޅެނީ 1000 ރުފިޔާ އާއި 1500 ރުފިޔާއާ ދެމެދުގަ އެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ވެސް ވަނީ ފިޔާގެ ދަތިކަން ކުރިމަތިވެފަ އެވެ. އެފަހަރު ފިޔާ ބަސްތާއެއްގެ އަގު 1200 އަށް ވެސް އެރި އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް