ads
ރަންބީރް އާއި އަރްޖުން
ރަންބީރާއި އަރުޖުންގެ ނުފެންނަ ފޮޓޯ އެއް އާލިއާ ޝެއާ ކޮށްފި
ރަންބީރް ކަޕޫރް އާއި އަރުޖުން ކަޕޫރް އަދި މަލައިކާ އަރޯރާ އާއި އެކު ނަގާފައިވާ ފޮޓޯ އެއް އާލިއާ ބަޓް ޝެއާ ކޮށްފި އެވެ.
Advertisement

އާލިއާގެ އިންސްޓަގްރާމް ސްޓޯރީއަށް އޭނާ ޝެއާ ކޮށްފައިވާ އެ ފޮޓޯ ގައި އެ ހަތަރު ތަރިންގެ އިތުރުން ނަތާޝާ ޕޫނަވައްލާ ވެސް ފެނިގެން ދެއެވެ. 

އެ ފަސް ތަރިން އެކުގައި ވަގުތު ހޭދަކުރުމުން ދިޔަ ދުވަހެއް ގައި ނަގާފައިވާ އެ ފޮޓޯ އާލިއާ ޝެއާ ކޮށްފައި ވަނީ އަރްޖުންގެ އުފަންދުވަހު އެވެ. އުފަންދުވަހުގެ ތަހުނިޔާ ކިޔުމުގެ ގޮތުން އާލިއާ އެ ފޮޓޯ ޕޯސްޓް ކޮށްފައި ވާއިރު، އޭނާ ވަނީ އަރްޖުން އާއި އެކު ފޫހި ވަގުތެއް ނާންނާނެ ކަމަށް ބުނެފަ އެވެ. އަދި އުފާވެރި އުފަން ދުވަހަކަށް އެދޭ ކަމަށް އާލިއާ ވަނީ ބުނެފަ އެވެ. 

އާލިއާ ވަނީ އަރުޖުން އަށް އުފާވެރި ދިރިއުޅުމަކަށް އެދޭ ކަމަށް ވެސް ބުނެފަ އެވެ. 

އެމެރިކާގެ ނިއުޔޯކް ގައި އެ ފޮޓޯ ނަގާފައި ވާއިރު، ހަމަ އެރޭ ނަގާފައިވާ އެހެން ފޮޓޯ އަކުން ވެސް މި ފަސް ތަރިން އެކުގައި ފެނިގެންދެ އެވެ. 

އަރުޖުން އާއި މަލައިކާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް މަލައިކާ ބުނެފައި ވަނީ މިދިޔަ އަހަރު އަރުޖުންގެ އުފަންދުވަހު އެވެ. އާލިއާ އާއި ރަންބީރް ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް އެއްބަސްވެފައި ވަނީ މިދިޔަ އަހަރުގެ ފިލްމުފެއާ އެވޯޑުގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް