ads
ޓީވީ ބަލަމުން ނިދާފައި އޮތް އަންހެނެއް
ޓީވީ ހުޅުވައިގެން އޮވެ ނިދާނަމަ ފަލަވޭ: ދިރާސާ
ޓީވީ ހުޅުވައިގެން އޮވެ ނިދާނަމަ، ފަލަވާ ކަމަށް ދިރާސާ އަކުން ދައްކައިފި އެވެ.

ހާވާޑް މެޑިކަލް ސްކޫލުން ޕަބްލިޝް ކޮށްފައިވާ އާޓިކަލް އެއްގައި ވާގޮތުން، ޖާމާ އިންޓާނަލް މެޑިސިން އިން ކުރިއަށް ގެންދިޔަ ސާވޭ އަކުން ދައްކާ ގޮތުން ޓީވީ ހުޅުވައިގެން އޭގެން އަންނަ އަލީގައި ނިދާފައި އޮންނަ ނަމަ މީހާގެ މެދު ހައްޓަށް އޭގެން އަސަރު ކުރެ އެވެ.

އެ ސާވޭ ކުރިއަށް ގެންގޮސްފައި ވަނީ 40،000 ވުރެ ގިނަ އަންހެނުން ބައިވެރިވެގެން ނެވެ. އެ ހުރިހާ އަންހެނުން ވެސް ސުވާލު ކަރުދާހެއް ފުރިހަމަ ކޮށްފައި ވާއިރު، އޭގައި އެކުލެވުނު އެއް ސުވާލަކީ ނިދަނީ ލައިޓް ދިއްލައިގެން ތޯ އެވެ. 

ދިރާސާ ކުރި މީހުން ދިރާސާގައި ބައިވެރިވި އަންހެނުންގެ ބަރުދަނާއި ދިގުމިން އަދި މެދުހަށީގެ މިން ވަނީ ރިކޯޑް ކޮށްފަ އެވެ. 

ދިރާސާ އިން ދައްކާ ގޮތުން ޓީވީ ހުޅުވާގެން ޓީވީ ކުރިމަތީގައި ނިދާ މީހުންގެ ބަރުދަން އިތުރުވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. އެގޮތުން 17 އިންސައްތަ މީހުން 11 ޕައުންޑް އިތުރުވެފައި ވާކަމަށް ދިރާސާ އިން ލަފާ ކުރެ އެވެ. 

އެހެން ނަމަވެސް ނައިޓް ލައިޓެއް ކޮޓަރީގައި ދިއްލާގެން ނުވަތަ ކޮޓަރިން ބޭރުގައި ދިއްލާފައި ހުންނަ ލައިޓުގެ ސަބަބުން މިފަދަ ބަދަލެއް މީހާގެ ބަރުދަނަށް އައިސްފާވާކަމަށް ފާހަގަކުރެވިފައި ނުވާ ކަމަށް ވެސް އެ ދިރާސާ ގައިވެ އެވެ. 

ޓީވީ ލައިޓް ގެ ކުރިމަތީގައި މިގޮތަށް ނިދުމުން ބަރުދަން އިތުރުވަނީ ކީއްވެގެން ކަން އަދި ސީދާ އެގެން ނެތަސް، ކަމާ ބެހޭ މާހިރުން ލަފާ ކުރާ ގޮތުގައި މިއީ ރަނގަޅު އަރާމު ނިދި ނުލިބުން ދިމާވާ ކަމެއް ކަމަށްވެސް ވެދާނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް