ads
އުނގޫފާރު ދާއިރާގެ- މުހައްމަދު ވަހީދު (ވައްޑޭ)
ޑރ. ޖަމީލަކީ މާތަކުން ފޮނި ބޮމުން ދުވާ ކޮކާލެއް: ވައްޑޭ
ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދުއަކީ މަލުން ފޮނި ބޮމުން ދުވާ ކޮކާލެއްގެ ގޮތުގައި އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ސިފަކުރައްވައިފި އެވެ

ސީއެންއެމް އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ވައްޑޭ ވިދާޅުވީ ޑރ. ޖަމީލްގެ ފަރާތުން ފެނި ވަޑައިގަންނަވަނީ އިރުކޮޅަކާ ޕާޓީ ބަދަލުކުރައްވާ ތަންކަމަށާއި އިދިކޮޅު ޕީޕީއެމްއާ ގުޅި ވަޑައިގަތީ ބޮޑުކަމާއި މަޝްހޫރުކަން ހޯދުމަށް ކަމަށެވެ. އެގޮތުން އެއްގަލަމުން ސޮއިކުރައްވާނަމަ ދެލި ހުސްވާ ވަރަށް އެކި ސިޔާސީ ޕާޓީތަކަށް އެމަނިކުފާނު ސޮއިކުރައްވާފައިވާކަމަށެވެ.  އެއީ އެކި މާތަކުން ފޮނި ބޮމުންދުވާ ކޮކާލެއް ކަމަށްވެސް ވައްޑޭ ވިދާޅުވި އެވެ. 

"ދެން ހަމަ ބޮޑު ކަން ހޯއްދަވަން، މަޝްހޫރުކަން ހޯއްދަވަން. އެއްވެސް ތާކުން މީހާ ދައި ނުގަތީމަ ހަމަ އެބުރެމުން އެނބުރޭ ބުމަރެހެން އުޅުވައްވަނީ. ޕީޕީއެމަށް ވެސް އެއް ފަހަރަކު ނޫން އަޅުގަނޑަށް އެނގެގެން ދެތިން ފަހަރު ޖޮއިން ކުރައްވައިފި. އަދި ޕާޓީއަށް ރަސްމީކޮން ސޮއިނުކުރިޔަސް ހައެއްކަ، އަށެއްކަ ފަހަރު މިހާރު ސިޔާސީ ފިކުރު ޕްލެޓް ފޯމްތަކުގައި ބަދަލު ކުރައްވައިފި. " ވައްޑެ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޖަމީލު އިރުކޮޅަކާ ޕާޓީ ބަދަލުކުރުމުން އެނގިގެން ދަނީ ސިޔާސީ އެއްވެސް ހަރުދަނާ ފިކުރުނެތް ނެތުމުގެ އިތުރުން ސިޔާސީ މިންގަނޑެއް ނެތް ކަމެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމިން ސިފަކުރައްވާ ޕާޓީއަށް ސަވާރުވާ މިނިކާ ބަޒަކީ ޖަމީލުކަމަށްވެސް ވައްޑޭ ތުހުމަތު ކުރެއްވި އެވެ.

ރައްޔިތުންނަށް އޮތް ހަމައެކަނި ޗޮއިސްއަކީ ޕީޕީއެމްކަމަށް ޖަމީލު ވިދާޅުވެފައިވުމުން އެކަމަށް ރައްދުދެއްވާ ވައްޑޭ ވިދާޅުވީ ރައްޔިތުންނަށް ގޮތް ކިޔައިދިނުމަށް އެމަނިކުފާނުގެ ހައްސިއްޔަތެއް ނެތް ކަމަށާއި ނައިބު ރައީސް ކަން ކުރެއްވި އިރުވެސް ފެނި ވަޑައިގަތީ ބޮޑާކަމާއި ކިބުރުވެރިކަން ކަމަށެވެ. އަދި  އެ މަގާމުން ބޭރު ކުރެއްވީ ޒިންމާ އަދާނުކުރުމާއި، ފަރުވާ ކުޑަ ކުރުމުގެ އިތުރުން ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރުމުން ކަމަށެވެ.

އޭގެ އިތުރުން ވައްޑޭ ވިދާޅުވީ ޑރ. ވަހީދުއާއި ޖަމީލް ފަދަ ބޭފުޅުން މި ގައުމުގައި ޑިމޮކްރަޓިކް ވެރިކަމެއް ކުރަން ހިތް ނޭދޭނެކަމަށާއި ބަގާވާތުގައި ބައިވެރިވި ހުރިހާ ބޭފުޅުން ކުއްލިއަކަށް އެއްޕާޓީއަކަށް ޖަމާވިޔަސް ވެރިކަން ނުވެއްޓޭނެ ކަމަށެވެ. އަދި މި ސަރުކާރު އޮތީ  ވަރަށް ބަދަހި ކޮންކަމަށް ވައްޑޭ ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް