ads
ކޮވިޑް-19 އާއި ގުޅިގެން ގިނަ ގައުމުތަކެއްގެ ހާލަތުދަނީ ގޯސްވަމުން
ހަލުވި ކަމާއިއެކު ފެތުރެމުންދާ ކޮރޯނާ ވަރައިހުގެ ނުރައްކާ މިވަނީ ދުނިޔޭގެ ގިނަ ގައުމުތަކަކަށް ބޮޑު ވެފައެވެ.

ޔޫރޮޕް ސަރަހައްދުގައި ފެންނަމުންދާ ކޮރޯނާ ވައިރަހުގެ ކޭސްތައް މަދުވަމުން ދިޔަ ކަމުގައި ވީނަމަވެސް ދުނިޔޭގެ އެކި ގައުމުތަކުގެ ހާލަތު ދަނީ އިތުރަށް ގޯސް ވަމުންނެވެ. މިގޮތުން ދުނިޔޭގެ ސިއްހީ ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ ހެޑް ކަމަށްވާ ޓެޑްރޯސް އަދަނޮމް ވިދާޅުވާ ގޮތުގައި އަންނަ ހަފްތާގައި އިންފެކްޓްވާ މީހުންގެ އަދަދު 10 މިލިޔަނަށް އަރައި މި ބައްޔާއި ގުޅިގެން މަރުވާނެ މީހުންގެ އަދަދު 500،000 އަށް އަރާނެކަމަށް ލަފާކުރެވެއެވެ.

ޔޫރޯޕިއަން ޕާލިއަމެންޓްގެ ހެލްތް ކޮމިޓީ މެމްބަރުންނާއިއެކު ބޭއްވި ވީޑިޔޯ ކޮންފަރެންސްގައި ޓެޑްރޯސް ވިދާޅުވެފައިވަނީ ކޮރޯނާ ވައިރަހުގެ މި ޕެންޑެމިކް ނިމުމަށްފަހު އެންމެންވެސް މަސައްކަތް ކުރަންވީ ނިއު ނޯމަލްއެއް އުފައްދާ، އޭގެ މަތީގައި ދެމިހުރުމަށެވެ. މިއީ ފެހި މުސްތަގްބަލެއް ގާއިމްކުރުމަށާއި އެކު ކްލައިމެޓް ޗޭންޖް ހުއްޓުވުމަށެވެ.

ޓެޑްރޯސް ވިދާޅުވެފައިވަނީ ވެކްސިނެއް ލިބޭނެ އިރެއް ކަނޑައަޅާފައި ބުނަން ދައްޗެވެ. ސަބަބަކީ ކޮރޯނާ ވައިރަހަށް ވެކްސިނެއް ކުރިންވެސް އުފައްދާފައި ނުވުމެވެ. ހަމަމިއާއެކު ޑަބްލިއުއެޗްއޯއަށް ވެކްސިނެއް ހެދުމަށް ހުށައަޅާފައިވާ ފަރާތްތަކުގެ އަދަދު 100 އަށް ވުރެ ގިނަ ކަމުގައިވެސް ޓެޑްރޯސް ބުނެއެވެ. މީގެ އެއް ވެކްސިނަކީ އެޑްވާންސްޑް ލެވަލަކަށް ހެދިފައިވާ ވެކްސިނެކެވެ.

ވެކްސިނެއް ހެދިއްޖެނަމަ އެ ބޭނުންކުރުމަށް ތައްޔާރު ކުރެވޭނީ އެއް އަހަރު ތެރޭގައި ކަމުގައި ލަފާކުރެވޭ ކަމަށް ޓެޑްރޯސް ވިދާޅުވި އެވެ. އަދި އަވަސް ކޮށްފިނަމަ އޭގެ މަސްތަކެއް ކުރިން ތައްޔާރު ކުރެވޭނެ ކަމަށް ލަފާކުރެވޭ ކަމަށް ވިދާޅުވި އެވެ. 

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް