ads
ދިވެއްސެއްގެ އައިޑީކާޑު-- ފޮޓޯ: ދަ ޕްރެސްއެމްވީ
ޖުލައި މަހުގެ ނިޔަލަށް މުއްދަތު ހަމަވެފައިވާ އައިޑީ ކާޑު ބޭނުންކުރެވޭނެ
މުއްދަތު ހަމަވެފައިވާ އައިޑީ ކާޑު ބޭނުން ކުރެވޭ މުއްދަތު އިތުރުކޮށްފި އެވެ.

ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް) އިން ބުނެފައި ވަނީ ޖުލައި 31 ވަނަ ދުވަހުގެ ނިޔަލަށް މުއްދަތު ހަމަވެފައިވާ އައިޑީ ކާޑުތައް ބޭނުން ކުރުވޭނެ ކަމަށެވެ. 

އެގޮތުން މި މުއްދަތުގައި އައިޑީ ކާޑު ގެއްލިގެން އަލުން ނުހެއްދިވާ ފަރާތްތަކަށް ވެސް ކާކުކަން އަންގައިދޭ އެހެން ލިޔުންތައް ބޭނުންކޮށްގެން ހިދުމަތްތައް ހޯދޭނެ ކަމަށް ޑީއެންއާރް އިން ބުނެއެވެ. 

ޑީއެންއާރް އިން އައިޑީ ކާޑު ހެއްދުމުގެ ހިދުމަތް މެދުކަނޑާލާފައި ވަނީ ކޮވިޑް-19 ކޮންޓްރޯލުކުރުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކާއި އެކުގަ އެވެ. 

ޖޫން 30 ވަނަ ދުވަހުގެ ނިޔަލަށް މުއްދަތު ހަމަވެފައިވާ އައިޑީ ކާޑު ތަކަށާއި އައިޑީ ކާޑު ގެއްލިފައިވާ މީހުންނަށް އެހެން ލިޔުންތައް މެދުވެރުކޮށް ހިދުމަތް ދިނުމަށް އެ އިދާރާއިން އެދިފަ އެވެ. އަދި މި މުއްދަތު އިތުރުކޮށްފައި މިވަނީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިޔަށް ދާތީ ކަމަށް އެ އިދާރާއިން ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް