ads
މާސްކް އަޅާފައި ހުންނައިރު ކެއްސުންވާ ގޮތް--
ކެއްސުމުން ޖަރާސީމު ދައުރުވާ ގޮތް ވީޑިއޯއެއް މެދުވެރިކޮށް ޕްރޮފެސާ އުގައިލް ހިއްސާކޮށްފި
ކެއްސުމުން ވަށައިގެންވާ މާހައުލަށް ޖަރާސީމު ފެތުރިގެންދާ ގޮތް ދައްކުވައިދޭ ވީޑީއޯއެއް ޕްރޮފެސާ ހަސަން އުގައިލް ހިއްސާކޮށްފި އެވެ.

މިއަދު އުގައިލް ހިއްސާކުރެއްވި ވީޑިއޯގައި މީހަކު ހުއްޓިގެން ހުންނައިރު ކެއްސުމުން ޖަރާސީމު ބޭރުވާ ގޮތާއި މީހުން ހިނގަަމުން އަންނައިރު ކެއްސުމުން ޖަރާސީމު ބޭރުވާ ގޮތް ފެނިގެންދެ އެވެ. 

އަދި މާސްކް އަޅައިގެން ހުންނަ މީހަކު ކެއްސުމުން ޖަރާސީމު ދައުރުވާ ގޮތް ވެސް ފެނިގެންދެ އެވެ. އެގޮތުން ވީޑިއޯ އިން ފެންނަ ގޮތުގައި އަނގަމަތި ނިވާ ނުކޮށް ހުރެ ކެއްސުމުން ޖަރާސީމުތައް ދައުރުވާ މިންވަރު ބޮޑުކަން ފާހަގަކުރެވެ އެވެ. 

އެކަމަކު، މާސްކް އަޅައިގެން ހުއްޓަސް ކޮންމެވެސް ވަރަކަށް ޖަރާސީމު ބޭރުވިނަމަވެސް އަނގަމަތި ނިވާނުކޮށް ހުންނަ މީހަކު ކެއްސުމުން ޖަރާސީމު ބޭރުވާ މިންވަރާ އަޅާ ބަލާއި، ބޭރު ވަނީ ވަރަށް ކުޑަކޮށެވެ.

ކެއްސަންވާ ގޮތުގެ ވީޑިއޯއެއް އުގައިލް ހިއްސާކުރެއްވިއިރު މިދަނޑިވަޅަކީ ކޮވިޑް-19 ގެ ނުރައްކާތެރި ބަލި މަޑުކަމާއި ގުޅިގެން ބޭރަށް ނިކުތުމަށް މާސްކް އެޅުމަށް އިލްތިމާސްކުރާ ދުވަސްވަރެކެވެ. އަދި މާސްކް ނާޅައި ކުޅޭ ވަގުތެއްގައި ކިނބިއްސެއް އަޅާނަމަވެސް އަތުގެ މުލައްދަނޑިއަށް ކިނބިހި އެޅުމަށް ޑޮކްޓަރުން އިރުޝާދުދީފައިވެ އެވެ.

އެގޮތުން ރޯގާގެ އެއްވެސް އަލާމާތެއް ހުރިއްޔާ މާސްކް އަޅައިގެން ނޫން ގޮތަކަށް ބޭރަށް ނުދިއުމަަށް ވެސް އިލްތިމާސްކުރެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް