ads
ޕީއައިއޭ ފްލައިޓެއް
ކޮންމެ 3 ޕައިލެޓަކުން އެކަކު އަތުގައި އޮންނަނީ ފޭކު ލައިސަންސެއް
ޕާކިސްތާނުގެ ކޮންމެ ތިން ޕައިލެޓަކުން އެކަކު އަތުގައި އޮންނަނީ ފޭކު ލައިސަންސެއް ކަމަށް އެ ގައުމުން ބުނެފި އެވެ.

އެގައުމުގެ އޭވިއޭޝަން މިނިސްޓަރު ވިދާޅުވީ، ޕާކިސްތާނުގެ ސިވިލިއަން ޕައިލެޓުންގެ 30 އިންސައްތަ ޕައިލެޓުންގެ އަތުގައި އޮންނަނީ ފޭކު ލައިސެންސް ކަމަށެވެ. 

ޕާކިސްތާނުގެ ނެޝަނަލް އެސެމްބްލީ ގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، އެގައުމުގެ 262 ޕައިލެޓުން ޕައިލެޓް އެގްޒާމު ނުހަދާ ކަމަށާއި، އެމީހުން އެ ޓެސްޓު ހެދުވީ އެހެން މީހުންނަށް ފައިސާ ދީގެން އެމީހުން ލައްވާ ކަމަށެވެ. މިނިސްޓަރު ވަނީ އެ ޕައިލެޓުން ނަކީ އުދުހެން ކޮލިފައިވެފައިވާ ޕައިލެޓުން ނޫން ކަމަށް ވިދާޅުވެފަ އެވެ. 

މިނިސްޓަރު އިތުރަށް ވިދާޅުވީ ޕާކިސްތާނުގައި މިހާރު މަސައްކަތްކުރާ 860 ޕައިލެޓުން އެބަ ތިބި ކަމަށާއި އޭގެ ތެރޭގައި ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިންސް (ޕީއައިއޭ) އަށް މަސައްކަތްކުރާ ޕައިލެޓުންނާއި ބޭރުގެ އެހެން ކުންފުނިތަކަށް މަސައްކަތްކުރާ ޕައިލެޓުން ހިމެނޭ ކަމަށެވެ.

ޕީއައިއޭ ގެ ތަރުޖަމާން، އަބްދުﷲ ޙާން ވަނީ ފޭކު ލައިސެންސް އޮތް ޕައިލެޓުން މަސައްކަތް ކުރަނީ ހަމަ އެކަނި ޕީއައިއޭ ގައި ނޫން ކަމަށާއި މިއީ މުޅި ގައުމުގައި ހިނގާ ކަމެއް ކަމަށް ވިދާޅުވެފަ އެވެ. އަދި ޕީއައިއޭ އިން މިހާރު އެ އިދާރާގައި މަސައްކަތްކުރާ ޕައިލެޓުންގެ ތެރެއިން ފޭކު ލައިސެންސް އޮތް ޕައިލެޓުން ގްރައުންޑް ކޮށްފައި ވާނެ ކަމަށް ވެސް ޙާން ވިދާޅުވި އެވެ. 

ޕާކިސްތާން ޕައިލެޓުންގެ ލައިސެންސްތައް ކަށަވަރުކުރުމުގެ މަސައްކަތް ކޮށްފައި މިވަނީ މޭ މަހުގެ 22 ވަނަ ދުވަހު ކަރާޗީ ގައި ހިނގައި ދިޔަ މަތިންދާ ބޯޓް ވެއްޓުމުގެ ހާދިސާ އަށް ފަހު އެކަމުގެ ތަހުގީގެ ތެރެއިން ނެވެ. 

އެ ހާދިސާ ގައި ފްލައިޓުގައި ތިބި 97 މީހުންގެ ތެރެއިން ދެ މީހުން ފިޔަވައި އެހެން މީހުން ވަނީ މަރުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް