ads
ޖެކްލީން--
އެކްޓިން ދަސްކުރަން ޖެކްލީން ސްކޫލަށް ދާން ބޭނުންވެއްޖެ
ބަތަލާ ޖެކްލީން ފެނާންޑެޒް، ފިލްމީ ދާއިރާގައި މަސައްކަތް ކުރަމުން އަންނަތާ މިހާރު 10 އަހަރަށް ވުރެ ދުވަސްވެއްޖެ އެވެ. އެކަމަކު އަދިވެސް ދަސްކުރަން ބޭނުންވާ އެތައް ކަމެއް އެބަ ހުރި ކަމަށް އޭނާ ބުނެ އެވެ.
Advertisement

އިންޑިއާގެ ޓޭބަލް ޓެނިސް ކުޅުންތެރިޔާ، މަނިކާ ބަޓްރާ ކުރިއަށްގެންދިޔަ އިންސްޓަގްރާމު ލައިވް ޗެޓެއްގައި ބައިވެރިވެ އިއްޔެ ޖެކްލީން ވަނީ "ބަކެޓް ލިސްޓް" ގައި ހިމެނޭ ބައެއް ކަންކަން ހިއްސާކޮށްފަ އެވެ. 

ޖެކްލީން ބުނީ އަނބުރާ ސްކޫލަށް ކިޔަވަންދާން ވަރަށް ބޭނުންވާ ކަމަށާއި އެގޮތުން އޭނާއަކީ އަބަދުވެސް ކިޔެވުމަށް ލޯބިކުރާ މީހެއް ކަމަށެވެ. 

އެކަމަކު އެންމެ ބޭނުންވި އެއްޗެއް ކިޔެވުމުގެ ފުރުސަތު ނުލިބުނު ކަމަށް ވެސް ބުނެފަ އެވެ. ޖެކްލީން އެގޮތަށް ބުނެފައި ވަނީ އެކްޓިންގެ ދާއިރާއިން އޭނާއަށް ކިޔެވިފައި ނުވާތީ އެވެ. އެކަމަކު ފިލްމީ ދާއިރާގައި މަަސައްކަތް ކުރަން ލިބިފައިވާކަން ފާހަގަކުރަމުން ޖެކްލީން ބުނީ ކިޔަވަން ފުރުސަތެއް ލިބިއްޖެނަމަ އޭނާ ދާނެ ކަމަށެވެ.

ޖެކްލީން ބުނީ، ޝޫޓިންގެ ތެރޭގައި އުޅޭއިރު އޭނާ އަބަދުވެސް ވަރަށް މަސައްކަތަށް ފޯކަސްކޮށްގެން ހުންނަ ކަމަށެވެ. އޭރުން ފަސޭހައިން އެކްޓްކުރެވޭ ކަމަށް ވެސް ބުންޏެވެ. 

ބޮލީވުޑުގައި މަސައްކަތްކުރަމުންދާ ގިނަ ތަރިންނަކީ ކިޔަވައިގެން ތިބި މީހުނެއް ނޫނެވެ. އޭގެ ބަދަލުގައި ފިލްމީ އާއިލާތަކަށް ނިސްބަތްވާތީ ގިނަ ތަރިންނަށް ބޮލީވުޑަށް ނުކުތުމަކީ މާ ދަތި ކަމަކަށް ނުވެ އެވެ. ބޮލީވުޑުގައި ވެސް އެންމެ ބޮޑު ތަކުލީފެއް އުފުލަމުން އަންނަނީ ފިލްމީ އާއިލާއަކަށް ނިސްބަތް ނުވާ ތަރިންނެވެ. 

ސްރީލަންކާއަށް ނިސްބަތްވާ އުމުރުން 34 އަހަރުގެ ޖެކްލީންއަކީ ލަންކާގެ ރީތީގެ ރާނީގެ ތާޖު 2006 ވަނަ އަހަރު އުފުލާލި މޮޑެލް އެވެ. 2009 ވަނަ އަހަރު ފިލްމީ ދާއިރާއަށް ތައާރަފުވި، ޖެކްލީން ވަނީ ހައުސްފުލް އާއި ކިކް އަދި ރޭސްގެ އިތުރުން ސާހޯ ފަދަ ކާމިޔާބު ފިލްމުތަކުން ފެނިގެންގޮސްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް