ads
ކަރާޗީ އަށް ވެއްޓުނު ޕީއައިއޭ ގެ ފްލައިޓް
ފްލައިޓް ވެއްޓުނީ ކޮވިޑް-19 ގެ ވާހަކަ ދައްކަން ތިއްބާ
މޭ 22 ވަނަ ދުވަހު ޕާކިސްތާނުގެ ކަރާޗީ އަށް ޕީކޭ 8303 ފްލައިޓް ވެއްޓުނީ ޕައިލެޓުން ކޮވިޑް-19 ގެ ވާހަކަ ދައްކަން ތިއްބާ ކަމަށް އެ ގައުމުން ބުނެފި އެވެ.

ސީއެންއެން އިން ރިޕޯޓްކޮށްފައިވާ ގޮތުން އެ ފްލައިޓް ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓުން ދައްކާ ގޮތުން ޕައިލެޓުން ވަނީ އެއާ ޓްރެފިކް ކޮންޓްރޯލުން ދެމުން ދިޔަ ވާނިންގްސް ތަކަށް އަޅާ ނުލާ ކޮވިޑް-19 ގެ ވާހަކަ ދައްކަމުން ގެންގޮސްފަ އެވެ. 

ޕާކިސްތާން އިންޓަނޭޝަލް އެއާލައިންސް (ޕީއައިއޭ) ގެ ތަރުޖަމާން އަބްދުﷲ ހާން ވިދާޅުވެފައި ވަނީ ޕައިލެޓުން ފްލައިޓް އުދުހުމަށް ސަމާލުކަން ނުދޭ ކަމަށާއި، އެމީހުން ތިބީ ކޮވިޑް-19 ގެ ސަބަބުން އެމީހުންގެ އާއިލާތަކަށް ކުރަމުންދާ އަސަރުތަކުގެ ވާހަކަ ދައްކަން ކަމަށެވެ. 

ހާން ވިދާޅުވީ އެއާ ޓްރެފިކް ކޮންޓްރޯލުން ތިން ފަަހަރު ޕައިލެޓުން ކައިރީ ފްލައިޓް އޮތީ މާ މަތީގައި ކަމަށާއި، ފްލައިޓް ޖައްސަން އަދި މާ އަވަސް ކަމަށް ބުނެފައި ވާކަމަށެވެ. 

އެ ހާދިސާގެ ތަހުގީގު ރިޕޯޓުގައި ވާގޮތުން ފްލައިޓްގެ އިންޖީނުތައް ވަނީ ރަންވޭ ގައި ޖެހިފަ އެވެ. އޭގަ ސަބަބުން އިންޖީނުތައް ގޭނި ހަލާކުވުމުން، އަނެއްކާ ވެސް އަލުން ޕައިލެޓް ވަނީ ފްލައިޓް މައްޗަށް ނަގާފަ އެވެ. 

އެހެން ނަަމަވެސް އިންޖީނުތައް ހަލާކުވެފައި ހުރުމުން، އިންޖީނު ފެއިލްވެ ފްލައިޓް ވެއްޓުނީ ކަމަށް ރިޕޯޓުގައިވެ އެވެ. މި ހާދިސާގައި ފްލައިޓް ގައި ތިބި 97 މީހުންގެ ތެރެއިން ދެ މީހުން ފިޔަވާ ދެން  ތިބި ހުރިހާ އެންމެން ވަނީ މަރުވެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް