ads
ރޮބެން ކުޑައިރުގެ ކްލަބުގެ ޖަރޒީގައި
ކުޑަ އިރުގެ ކްލަބު ސަލާމަތް ކުރަން ރޮބެން އަލުން ދަނޑަށް
އެތައް ކާމިޔާބެއް ހޯދުމަށް ފަހު ކުޅުން ހުއްޓާލާފައިވާ ހޮލެންޑްގެ އާޔެން ރޮބެން، އޭނާގެ ކުޑައިރުގެ ކްލަބު ގްރޮނިންގެނަށް ދިމާވެފައިވާ ދަތިތަކުން ސަލާމަތްކޮށްދިނުމަށް، އަލުން ކުޅެން ފަށަން ތައްޔާރުވެއްޖެ އެވެ.

ރޮބެންގެ ކާމިޔާބު ކެރިއަރު އޭނާ ފެށީ، ގްރޮނިންގެން އެވެ. އެ ކްލަބަށް އޭނާ ދެ އަހަރު ކުޅެދިނެވެ.  

އުމުރުން 36 އަހަރުގެ ރޮބެން ކުޅުން ހުއްޓާލީ ހުސްވި އަހަރުގެ ސީޒަނަށް ފަހު އެވެ. ޖަރުމަނުގެ ބަޔާން މިއުނިކުގައި ގިނަ އަހަރުތަކެއް ހޭދަކުރުމަށް ފަހު މިދިޔަ ސީޒަނަށް ފަހު ރިޓަޔާކުރި ރޮބެންވަނީ ޗެލްސީއާއި ރިއަލް މެޑްރިޑް އަދި ހޮލެންޑްގެ ޕީއެސްވީ އައިންދޮވަންއަށް ކުޅެފަ އެވެ. ރޮބެން ބުނީ، އޭނާގެ ކުރީގެ ކުލަބަށް ދިމާވެފައިވާ ދަތިތަކުން ސަލާމަތް ކުރުމަށް އަލުން އެނބުރި ދަނޑަށް ދިޔުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.

މިކަން ކާމިޔާބުވާނެ ކަމެއް ނޭނގޭ ބުނާކަށް. އެކަމަކު ގްރޮނިންގެންގެ ޖާޒީގައި އަލުން ކުޅުމަކީ ހުވަފެނެއް ހަގީގަތަކަށްވުން ކަހަލަ ކަމެއް. އާ ސީޒަނަށް ތައްޔާރުވާން ބޭނުން، އަދި ފުރަތަމަ ޕްރެކްޓިހުގައި އަހަރެން ބައިވެރިވާނަން.

ރޮބެންގެ ކާމިޔާބު ކުރިއަރުގެ ބޮޑު ބައެއް ހޭދަކުރީ ޖަރުމަނުގެ ބަޔާން މިއުނިކްގަ އެވެ. ބަޔާން މިއުނިކްގައި ޖަރުލަން ލީގު އަށް ފަހު އަދި ޗެމްޕިއަންސް ލީގުވެސް ރޮބެންވަނީ ކާމިޔާބުކޮށްފަ އެވެ. އޭގެ އިތުރުން ހޮލެންޑްގެ ގައުމީ ޓީމާއި އެކު 2010 ވަނަ އަހަރުގެ ވޯލްޑްކަޕްގެ ފައިނަލްވެސް ރޮބެން ކުޅުނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް