އެގޮތުން ވިކްޓިމްއާއެކު ފަތިހު، 17:00 ފެނުމުން ތުހުމަތުކުރަން އެވަރު ކާފީ (ފުދޭ މިންވަރު) ނުވަނީތޯ ހައިލަމް ސުވާލު އުފެއްދެވި އެވެ. އަދި ކޯޓަށް ނުގެންދިޔައީ ކީއްވެތޯ ވެސް ސުވާލު އުފެއްދެވި އެވެ.
ފުލުހުން ބުނީ އެ ސަރަހައްދުގައި އެމީހުން ތިއްބާ ފުލުހުން ގޮސް މައުލޫމާތު އޮޅުން ފިލުވުމުން އެ އަންހެން މީހާގެ ފަރާތުން މައުލޫމާތު ދީފައި ވަނީ، ޖޫން 25 ވަނަ ދުވަހުގެ ރޭ ރައްޓެއްސެއްގެ ދައުވަތަކަށް، މައްސަލާގައި ތުހުމަތު ކުރެވޭ ދެ މީހުންނާއި އެކު ސަފާރީ އަކަށް ގޮސް ވަގުތު ހޭދަކޮށްފައި ވާކަމަށެވެ.
އަދި އެ ދެ މީހުން ސަފާރީ ތެރޭގައި އޭނާގެ ނުރުހުމުގައި އޭނާގެ ގައިގައި އަތްލާ ޖިންސީގޯނާ ކުރިކަމަށާއި، އެމީހުންގެ އަމަލުތައް ހުރިގޮތުން އެފަދަ އަމަލެއް ތަކުރާރުކޮށްފާނެތީ ސަލާމަތްވުމުގެ ގޮތުން މޫދަށް ފުންމާލުމުން ޑިންގީއެއްގައި އެ ދެމީހުން އައިސް އޭނާ ޑިންގީއަށް ނަގައިގެން ގެނަސް ޖެޓީ އަށް ބޭލި ކަމަށެވެ.
އެކަން ފުލުހުންނަށް ހުށައެޅުމުން، އެތަނުގައި ތިބި ދެ ފިރިހެނުން އެވަގުތު ފުލުހުންގެ ބެލުމުގެ ދަށަަށް ގެންގޮސްފައި ވަނީ، އެއީ ދެމިގެންދިޔަ ކުށުގެ ވެއްޓެއް ކަމަށް ވާތީ ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން އެ މީހުން ދޫކޮށްލީ ތަހުގީގަށް ހައްޔަރުކޮށްފައި ބެހެއްޓޭނެ އެކަށީގެންވާ ސަބަބެއް، ނެތުމުން ކަމަށް ބުނެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;