
އެރިކާ އެކަން އިންޑިއާގެ ނޫހަކަށް ކަށަވަރުކޮށްދީފައި މިވަނީ ތަރިންނާއެކު އޭނާ، ލޯބީގެ ގުޅުން އޮންނަކަމަށް އަޑުތައް އެރުމުން ހަގީގީ ލޯބިވެރިޔާއާ އެކު އޮންނަ ގުޅުމަށް އޭގެ ނޭދެވޭ އަސަރުކުރަމުންދާތީ އެވެ.
އެރިކާ ބުނި ގޮތުގައި އޭނާ މިހާރު ރައްޓެހިވެގެން އުޅެނީ ފިލްމީ ދާއިރާއަށް ނިސްބަތްވާ މީހަކާ ނޫނެވެ. އެގޮތުން އެ މީހާ އާ ރައްޓެހިވެގެން އުޅޭތާ މިހާރު ތިން އަހަރުވެފައިވާ ކަމަށް އެރިކާ ބުންޏެވެ.
އެރިކާ ބުނި ގޮތުގައި އެހެން ގުޅުންތަކެކޭ އެއްގޮތަށް އެ ގުޅުމަށް ވެސް އޭގެ ނޭދެވޭ އަސަރު ކުރެ އެވެ. އެގޮތުން ރުޅި އައުމުން އަބަދުވެސް ހަމައަކަށް ކަންކަން އެޅެންދެން އަނެއް މީހާ ހުންނާނީ މަޑުން ކަމަށާއި ފަހުން ރުޅި ކޮންޓްރޯލްކުރެވުމުން ދެ މީހުން ވާހަކަ ދައްކައިގެން ހައްލު ކުރާނީ ކަމަށް ބުންޏެވެ.
މީގެ ކުރިން ވަނީ އެރިކާ އާއި އެކްޓަރު ޝަހީރު ޝެއިހް އާ ގުޅުމެއް އޮންނަކަމަށް ވެސް އަޑު އަރާފަ އެވެ. އަދި އެރިކާއާ އެކު ކަސޯޓީގައި އަނޫރާގުގެ ރޯލުން ފެނިގެންދާ ޕާތު ސަމްތާންއާ އެކު ވެސް ގުޅުމެއް އޮތް ކަމަށް މި ދޭތެރެއިން އަޑު އެރި އެވެ.
އޭނާ މީހަކާ ރައްޓެހިވެގެން އުޅޭކަމަށް މީޑިއާގައި އެއްބަސްވެފައިވަނީ އެ ސަބަބާ ހުރެ ކަމަށް ވެސް އޭނާ ބުނެ އެވެ.