ads
ރައީސް ޔާމީން އަދި އަދުރޭ
ޔާމީންގެ ޝަރީޢަތްތަގެ ތާރީހުތައް އަދުރޭއަށް އޮޅިވަޑައިގެންފި
މަނީ ލޯންޑަރިންގެ ކުށް ސާބިތުގެ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންދާ، ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ޝަރީޢަތްތައް ކުރިއަށްދާ ތާރީޚުތައް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲއަށް އޮޅިވަޑައިގެންފި އެވެ.

ރައީސް ޔާމީންގެ ޝަރީޢަތްތައް ހައިކޯޓުގައި ކުރިއަށްދާ ތާޜީޚުތައް އަދުރޭއަށް އޮޅުނުކަން ހާމަވީ، ރައީސް ޔާމީންގެ ޝަރީޢަތާއި ގުޅޭ ގޮތުން ހައިކޯޓުގެ އިސްފަނޑިޔާރު ޝުޖާޢު އުސްމާނާ ބައްދަލުކުރަން އެދި އަދުރޭ ފޮނުއްވި ސިޓީގައި އެންމެ ފަހުން ރައީސް ޔާމީންގެ ޝަރީއަތުގެ އަޑު އެހުމެއް އޮތް ކަމަށް ބުނި ތާރީޚު އާއްމުވުމާއި ގުޅިގެންނެވެ.

ހައިކޯޓުގެ އިސްފަނޑިޔާރު ޝުޖާޢު އުސްމާނަށް އެޑްރެސްކޮށް އަދުރޭ ފޮނުވި ސިޓީގައި ބުނެފައިވާ ގޮތުން ޔާމީންގެ ޝަރީޢަތުގެ އަޑު އެހުމެއް އެންމެ ފަހުން ބޭއްވީ ހުސްވި ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުއެވެ.

އިސްތިއުނާފަށް ހުށަހަޅާފައިވާ މައްސަލައިގައި އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ 24 ފެބްރުއަރީގައި ކަމަށްވާއިރު އޭގެ ފަހުން ތިން މަސް ވެފައިވާ ކަމަށާއި މިހާ ގިނަ ދުވަސްވުމަކީ ކަންބޮޑުވުމެއް ކަމަށް ވެސް ސިޓީގައި ބުނެފައިވެ އެވެ.

އަދުރޭގެ ސިޓީގައި ޔާމީންގެ ޝަރީއަތުގެ އަޑު އެހުމެއް އެންމެ ފަހުން ބާއްވާފައިވަނީ ފެބްރުއަރީ 24 ގައި ކަމަށް ބުނެފައިވީ ނަމަވެސް ހަގީގަތުގައި ރައީސް ޔާމީންގެ އިސްތިއުނާފު ޝަރީޢަތުގެ އަޑު އެހުމެއް އެންމެ ފަހުން ބާއްވާފައިވަނީ މާޗު މަހުގެ ފަސް ވަނަ ދުވަހުއެވެ. މާޗު މަހުގެ ފަސް ވަނަ ދުވަހު ހައިކޯޓުގައި އޮތް ޝަރީޢަތުގައި، ފުލުހުން ކުރިއަށް ގެންދިޔަ ތަހުގީގުގައި ޔާމީނާ ސުވާލުކުރި ވަގުތު ނަގާފައިވާ ވީޑިއޯ ވެސް ދައުލަތުގެ އެދުމުގެ މަތިން ހައިކޯޓުގައި ދެއްކި އެވެ. 

އެ ދުވަހުގެ ޝަރީޢަތުގައި ހައިކޯޓުން އިއުލާންކޮށްފައިވަނީ މާޗު މަހުގެ 22 ވަނަ ދުވަހު ރައީސް ޔާމީންގެ ޝަރީޢަތުގެ އިތުރު އަޑު އެހުމެއް ބާއްވާނެ ކަމަށެވެ. އެހެންނަމަވެސް މާޗު މަހުގެ 19 ވަނަ ދުވަހު ކޮވިޑާ ގުޅިގެން ސަރުކާރު ބަންދުކުރި ފަހުން އަދި އެ މައްސަލައިގެ އިތުރު އަޑު އެހުމެއް ހައިކޯޓުން ނުބާއްވައެވެ.

ރައީސް ޔާމީންގެ ޝަރީއަތުގެ ތާރީހުތައް އަދުރޭއަށް އޮޅިވަޑައިގެންނެވި އިރު، ޔާމީންގެ ކެމްޕެއިން ރެލީއެއްގައި އަދުރޭ ހިސާބުތަކެއް ޖެއްސެވިއިރު އޮޅުން އަރައިގެން ގިނަ ބަޔަކު އަދިވެސް އެކަމަށް ޖޯކު ޖަހައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް