ads
ތިމާ ހިކެން މަސައްކަތްކުރުމުން އޭގެ އަސަރު ބައިވެރިޔާ އަށް ވެސް ކުރާނެ: ދިރާސާ
ދިރާސާ އަކުން ދައްކާގޮތުން ތިމާ ބަރުދަން ލުއިކުރުމަށް މަސައްކަތް ކުރާނަމަ އޭގެ އަސަރު ތިމާގެ ބައިވެރިޔާ އަށް ވެސް ކުރާނެ ކަމަށް ފެބްރުއަރީ އެއް ވަނަ ދުވަހު އިންޓަނެޓްގައި ޕަބްލިޝްކޮށްފައިވާ ދިރާސާގާ އަކުން ދައްކައިފި އެވެ.

ހަ މަސް ދުވަހަށް ކުރިއަށް ގެންދިޔަ އެ ދިރާސާ ގައި 130 ދެމަފިރިން ވަނީ ބައިވެރިވެފަ އެވެ. 

ދިރާސާގައި ބައިވެރިވި މީހުން ދެ ގްރޫޕަކަށް ބަހާލުމަށް ފަހު ދިރާސާ ކުރިއަށް ގެންދިޔަ މީހުން ވަނީ ދެ ގްރޫޕުން ވެސް ކޮންމެ ދެމަފިރިއަކުން އެ ކަކަށް ޓާސްކެއް ހަވާލުކޮށްފަ އެވެ. 

އެގޮތުން ފުރުތަމަ ގްރޫޕުން، ކޮންމެ ދެމަފިރި އަކުން އެކަކު ބަރުދަން ލުއި ކުރުމަށް ކައުންސިލިން އަދި ތަކެތި ފޯރުކޮށްދޭ ޕްރޮގްރާމެއް ގައި ބައިވެރިކޮށްފައި ވާއިރު، ދެވަނަ ގްރޫޕްގައި ކޮންމެ ދެމަފިރި އަކުން އެކަކަށް ވަނީ ބަރުދަން ލުއިކުރުމަށާއި ރަނގަޅު ޑައިޓެއް ކުރިއަށް ގެންގޮސް ކަސްރަތުކުރާނެ ގޮތުގެ ހަތަރު ގަޑުގެ ހޭންޑްއައުޓެއް ދީފަ އެވެ. 

ދިރާސާގެ ނަތީޖާ ދައްކާގޮތުން ހަ މަސްދުވަސް ތެރޭގައި މި ޕްރޮގްރާމްތަކުގައ ބައިވެރިނުކުރާ ބައިވެރިންގެ ތެރެއިން 32 އިންސައްތަ ބައިވެރިން ވަނީ އެމީހުންގެ ބަރުދަނުން ތިން އިންސައްތަ ލުއި ކޮށްފަ އެވެ. އޭގެ އިތުރުން، ދެމަފިރިންގެ ބަރުދަން ލުއިވާ ވަރު ގުޅިފައިވާ ކަމަށް ވެސް ދިރާސާ އިން ދައްކަ އެވެ. 

އެގޮތުން، އެކަކުގެ ބަރުދަން ލުއި ވާނަމަ އޭނާގެ ބައިވެރިޔާގެ ބަރުދަންވެސް ލުއިވާ ކަމަށާއި، އެކަކުގެ ބަރުދަން ލުއިކުރުމަށް ދަތިތަކާ ކުރިމަތި ވާނަމަ އޭނާގެ ބައިވެރިޔާ އަށް ވެސް ބަރުދަން ލުއިކުރުމުގައި ދަތިތަކާ ކުރިމަތިލާން ޖެހޭ ކަމަށް ދިރާސާ ކުރިއަށް ގެންދިޔަ މީހުން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް