ads
އެންއީއޯސީގެ މުވައްޒަފުންނާއި ރައީސް ބައްދަލުކުރައްވަނީ--
ޖުލައި އެކެއްގައި އެންއީއޯސީ އަނެއްކާ ވެސް އެޗްއީއޯސީއަށް ބަދަލުކުރަނީ
ކޮވިޑް-19 އާ ދެކޮޅަށް ކުރަމުންދާ މަސައްކަތާއި ގުޅިގެން އުފެއްދި ނޭޝަނަލް އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)، އަންނަ މަހުގެ އެއް ވަނަ ދުވަހު، ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އަށް ބަދަލުކުރަން ނިންމައިފި އެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އެންމެ ފުރަތަމަ އުފެއްދީ، އެޗްއީއޯސީ އެވެ. އެކަމަކު އެތަނުގެ މަސައްކަތް ގައުމީ ލެވެލްއަކަށް ބަދަލުކޮށް، އެންއީއޯސީގެ މަސައްކަތް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓުން ހިންގަމުން އަންނައިރު އަލުން އެޗްއީއޯސީއަށް ބަދަލުވުމުން އެތަން ހިންގަމުންދާނީ، ކުރިއެކޭ އެއްގޮތަށް ހެލްތު މިނިސްޓްރީގެ ދަށުންނެވެ. 

މިއަދު ހަވީރު ދަރުބާރުގެއަށް ޒިޔާރާތްކުރައްވާ އެތަނުގެ މުވައްޒަފުންނާއި ބައްދަލުކުރައްވާ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، ވިދާޅުވީ މި ފެށޭ ޖުލައި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކޯވިޑް-19 އާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތައް އާ މަރުޙަލާއަކަށް ބަދަލުކުރައްވާނެ ކަމަށެވެ.

އެގޮތުން އެ ބަދަލާއެކު އެންއީއޯސީން ކުރަމުން އައި މަސައްކަތްތައް ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލުވާނެކަން އިއުލާންކުރެއްވި އެވެ.

ރައީސް ސޯލިހު ވަނީ މިހާތަނަށް ކޮވިޑް-19 އާ ދެކޮޅަށް ކުރެވުނު މަސައްކަތުގެ ނަތީޖާ ރަނގަޅުކަމަށް ވިދާޅުވެފަ އެވެ. އަދި، ބައެއް އެހެން ގައުމުތައް ދިޔަ ފަދަ ގޯސް ހާލަތަކަށް ނުގޮސް ރާއްޖެ މިހާރު މި އޮތް ހާލަތަށް އާދެވިފައި ވަނީ ސިއްހީމާހިރުން ރައްޔިތުންނަށް ދެއްވި އިރުޝާދާއި، މައުލޫމާތުތަކުގެ ސަބަބުންކަމުން، އެބޭފުޅުންނަށް ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

އަދި މަރުހަލާ ބަދަލުވުމާއި ގުޅިގެން ރައީސް ވިދާޅުވީ އެ ބަދަލަކީ އާންމު ދިރިއުޅުމަށް ރުޖޫއަވުމަށް ކުރާ މަސައްކަތުގެ ބައެއް ކަމަށާއި، އަދިވެސް އެކަން ކުރިއަށް ގެންދިޔުމުގައި ހުރިހާ ބޭފުޅުންގެ އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާނެ ކަމަށެވެ.

އޭގެ އިތުރުން ކޮވިޑް-19 އާ ދެކޮޅަށް ކުރި މަސައްކަތަކީ މިހާތަނަށް ރާއްޖޭގައި އެންމެ ގިނަ މުއައްސަސާތަކެއް ގުޅިގެން ކުރެއްވި އެފަދަ މަސައްކަތްކަން ފާހަގަކުރައްވައި، އެގޮތަށް އެ މަސައްކަތް ކުރެވުނީ އެންއީއޯސީގައި މަސައްކަތްކުރާ ހުރިހާ ބޭފުޅުންގެ އެހީތެރިކަމާއި އަދި ކަމާގުޅޭ އިސްވެރިން ކުރެއްވި ފުރިހަމަ މަސައްކަތުންކަމަށް ވިދާޅުވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް