ads
ހުމާ އާއި ތާޕްސީ
ތާޕްސީ އާއި ހުމާ، ގޭގެ ކަރަންޓު ބިލު ބޮޑުތަނުން ބޮޑުވެ ރުޅިއަތުވެއްޖެ
އާންމު ރައްޔިތުންނެކޭ އެއްގޮތަށް ބޮލީވުޑުގެ ތަރިން ވެސް މިވަނީ ލޮކްޑައުނުގެ މުއްދަތުގައި ގޭގެ ކަރަންޓު ބިލު، ބޮޑުތަނުން އިތުރުވެ ނުރުހުން ފާޅުކުރަން ފަށާފަ އެވެ.
Advertisement

ސޯޝަލް މީޑިއާއަށް ކަރަންޓު ބިލުގެ ފޮޓޯއެއް ހިއްސާކޮށް ތާޕްސީ ބުނީ އެ ގޭގެ ކަރަންޓު ބިލަށް ޖޫން މަހު 36000 ރުޕީސް އަރާފައިވާ ކަމަށެވެ. އެއީ އެހެން މަސްތަކާއި އަޅާބަލާއިރު ދިހަ ގުނަ ބޮޑު އަދަދެއް ކަމަށް އޭނާ ބުންޏެވެ. 

ބަދްލާގެ ތަރި ތާޕްސީ ބުނީ، ލޮކްޑައުނުގެ ތިން މަހުގެ ތެރޭގައި ކަރަންޓު ބިލު އެހާ ބޮޑު ތަނުން އިތުރުވެފައިވާތީ ހައިރާންވާ ކަމަށެވެ.

އުމުރުން 32 އަހަރުގެ ތާޕްސީ ކަރަންޓު ބިލު ބޮޑުވުމުން އޭނާ އެކަމާއި ކަންބޮޑުވުން ފާޅުކުރުމުން ބުނެފައި ވަނީ އެއީ ލޮކްޑައުނުގެ މުއްދަތު ކަމުން ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވީ ކަމަށެވެ. 

ކޮވިޑް-19 އާ ގުޅިގެން އިންޑިއާގައި ވެސް ބިލު ހަދާފައި ވަނީ އެވްރެޖު ބިލަށް ބަލައިގެންނެވެ. އެކަމަކު ތާޕްސީ ބުނާ ގޮތުގައި އޭނާގެ ގޭގެ ބިލު ކުރިން މަސްތަކުގައި މާބޮޑަށް ވެސް ކުޑައެވެ.

ތާޕްސީގެ އިތުރުން ބަތަލާ ރެނުކާ ޝަހާނޭ އާއި ހުމާ ގުރޭޝީ ވެސް ވަނީ ކަރަންޓް ބިލު ބޮޑުވުމުން ނުރުހުން ފާޅުކޮށްފަ އެވެ. 

ރެނުކާ ބުނީ މެއި މަހުގެ ނުވަ ވަނަ ދުވަހު އޭނާއަށް ލިބުނީ 5510 ރުޕީސްގެ ބިލެއް ކަމަށާއި އެކަމަކު މެއި އަދި ޖޫންގައި ލިބުނީ 29700 ރުޕީސްގެ ބިލެއް ކަމަށެވެ.

ހުމާ ވެސް ވަނީ މިދިޔަ މަހު އޭނާ ކަރަންޓު ބިލަށް ދެއްކީ 6000 ރުޕީސް ނަމަވެސް މިމަހު 50000 ރުޕީސް ދައްކަން ޖެހޭ ކަމަށް ބުނެ ކަންބޮޑުވެފަ އެވެ. އެގޮތުން އެހާ ބޮޑު އަދަދެއް އެރި ސަބަބު ނޭނގޭ ކަމަށާއި އެކަމުގެ ހަގީގަތް ހިއްސާކުރަން އޭނާ ވަނީ ސޯޝަލް މީޑިއާގައި ގޮވާލާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް