ads
ފޮޓޯ: ރައީސް އޮފީސް
މިނިސްޓަރު އަސްލަމަށް މަޖިލީހުން ރުހުން ދީފި
ހައުސިން މިނިސްޓްރީ އާއި ޕްލޭނިން މިނިސްޓްރީ އެއްކޮށްލައި އުފެއްދި، ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ މިނިސްޓަރު ކަމަށް މުހައްމަދު އަސްލަމް އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ.
Advertisement

މިނިސްޓަރު އަސްލަމަށް ރުހުން ދިނުމަށް ފާސްކޮށްފައިވަނީ ވޯޓްގައި ބައިވެރިވި 65 މެމްބަރުންގެ ވޯޓުންނެވެ. 

މީގެ އިތުރުން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާގެ ނަން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާ ސްޓްރަކްޗާއަށް ބަދަލުކޮށް، އެ މިނިސްޓްރީގެ މަސައްކަތުގެ ދާއިރާތައް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށް ފޮނުވާފައިވާ މައްސަލަވެސް މަޖިލީހުން ވަނީ ފާސްކޮށްފައެވެ. އެގޮތުން އެކަން ފާސްވެފައިވަނީ ވޯޓުގައި ބައިވެރިވި 66 މެމްބަރުންގެ ވޯޓުންނެވެ.

މިސަރުކާރުގައި ހައުސިން މިނިސްޓްރީ އާއި ޕްލޭނިން މިނިސްޓްރީ ދެ މިނިސްޓްރީ އެއްގެ ގޮތުގައި ހިންގަމުން އައި އިރު ހައުސިން މިނިސްޓަރަކަށް ހުންނެވީ އައިމިނަތު އާތިފާ އެވެ. އަދި ޕްލޭނިން މިނިސްޓަރަކަށް ހުންނެވީ އަސްލަމް އެވެ. އާތިފާ ހައުސިން މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ މިނިސްޓްރީ އޮފް ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް އުވާލައްވައި، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާގެ ނަން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ނަމަށް ބަދަލުކޮށްފައެވެ.   

އާތިފާއަކީ ރައީސް ސޯލިހްގެ ސަރުކާރުގައި މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވި ދެވަނަ މިނިސްޓަރެވެ. އެންމެ ފުރަތަމަ އިސްތިއުފާ ދެއްވާފައިވަނީ ޖެންޑާ މިނިސްޓަރުގެ މަގާމުގައި ހުންނެވި ޝިދާތާ ޝަރީފެވެ. 

ހައުސިން މިނިސްޓްރީ އާއި ޕްލޭނިން މިނިސްޓްރީ އެއްކޮށްލުމާއި ގުޅިގެން  މިނިސްޓްރީ އޮފް ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓުން ކުރަމުން ގެންދިޔަ އެންމެހައި މަސައްކަތްތައް ދެން ކުރައްމުން ގެންދާނީ، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން ނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް