ads
މޯލްޑިވިއަންގެ ފްލައިޓެއް
މޯލްޑިވިއަން އިން އައްޑޫ އާއި ކުޅުދުއްފުއްޓާ ދެމެދު ސީދާ ދަތުރުތައް ފަށަނީ
ގައުމީ އެއާލައިން މޯލްޑިވިއަން އިން، އަައްޑޫ ސިޓީ އާއި ކުޅުދުއްފުށި ސިޓީ އާއި ދެމެދު ދަތުރުތައް ފަށަން ތައްޔާރުވެއްޖެ އެވެ.

މޯލްޑިވިއަން އިން ބުނީ މިއީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގެ އިސްނެގުމާއި އެކު ރާއްޖޭގެ އުތުރާއި ދެކުނު ގައި އިގްތިސޯދީ ހަރަކާތްތަކެއް ހިންގޭނެ މަގު ފަހިކުރުމުގެ ގޮތުން ޝެޑިއުލްކުރާ ދަތުރުތަކެއް ކަމަށެވެ.

އެގޮތުން ކޮންމެ ބުރާސްފަތި ދުވަހަކު ކުޅުދުއްފުށިން އައްޑޫ އަށް ފްލައިޓް އޮންނާނެ ކަމަށާއި އައްޑޫ އިން ކުޅުދުއްފުއްޓަށް ދަތުރުތައް އޮންނާނީ ކޮންމެ ހޮނިހިރު ދުވަހު ކަމަށް މޯލްޑިވިއަން އިން ބުނެ އެވެ. 

އޭގެ އިތުރުން އައްޑޫ އާއި ކުޅުދުއްފުއްޓާ ދެމެދު ކުރާ ދަތުރުތަކުގެ އެއްކޮޅު ޓިކެޓުގެ އަގަކީ 1444 ރުފިޔާ ކަމަށް އެ ކުންފުނިން ބުނެ އެވެ. 

މޯލްޑިިވިއިން އިން ބުނީ އައްޑޫ އާއި ކުޅުދުއްފުއްޓާ ދެމެދު ކުރާ މި ދަތުރު ތަކުގައި ބޯޓަށް ތެޔޮއަޅަން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް 20 މިނެޓުގެ ޓްރާންސިޓެއް ހަދާނެ ކަމަށެވެ. އަދި މި ވަގުތުކޮޅު ހުރިހާ ޕަސެންޖަރުންވެސް ތިބޭނީ ފްލައިޓުގައި ކަމަށް އެ އެއާލައިނުން ބުނެ އެވެ. 

މޯލްޑިވިއަން އިން ވަނީ ރާއްޖޭގެ އިތުރު ސަރަހައްދުތައް ގުލާލުމަށްދަތުރުތައް ޝެޑިއުލް ކުރުމުގެ ވިސްނުން އެ ކުންފުނިން ގެންގުޅޭ ކަމަށް ބުނެފަ އެވެ. 

އެގޮތުން ދަރަވަންދޫ އާއި ހަނިމާދޫ އާއި ދެމެދު ދަތުރުތައް ފެށުމަށް ނިންމާފައިވާ ކަމަށާއި ތިމަރަފުއްޓާއި ކައްދޫ އާއި ދެމެދުވެސް ފްލައިޓްތައް ޝެޑިއުލް ކޮށްފައިވާނެ ކަމަށް މޯލްޑިވއަން އިން ބުނެ އެވެ. 

މޯލްޑިވިއަން އިން ރާއްޖޭގެ އެތެރޭގެ ދަތުރުތައް އަލުން ފަށާއިރު، އެ ކުންފުނީގެ ވެބްސައިޓް އަދި އެޕްލިކޭޝަން މެދުވެރިކޮށް މިހާރި ޓިކެޓު ގަނެވޭނެ ކަމަށެވެ. 

ޖުލައި އެއް ވަނަ ދުވަހު މާވާރުލު އެއާޕޯޓު ހުޅުވަން ހަމަޖެހިފައިވާއިރު، އެކުންފުނީގެ މާވާރުލު ދަތުރުތަކަށްވެސް މިހާރު ޓިކެޓު ގަނެވޭނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް