ads
17 އަހަރުގެ ކުއްޖަކު ވެސް ބަލިވެ އިން މައްސަލައެއް ބަލަނީ
އުމުރުން 17 އަހަރުގެ ކުއްޖަކު ބަލިވެން އިން މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނީ އެ މައްސަލަ ފުލުހުންނަށް ހުށައާޅާފައި ވަނީ މިއަދު ކަމަށެވެ. 

އެގޮތުން 17 އަހަރުގެ ކުއްޖަކު ބަނޑުބޮޑުކަމަށް އެ އިދާރާ އަށް ހުށައަޅާފައި ވަނީ މެދު ރާއްޖޭތެރޭގެ ރަށެއްގައި ހުންނަ ސިއްހީ ފަރުވާދޭ މަރުކަޒަކުން ކަމަށް ފުލުހުން ބުނެ އެވެ. 

އެ މައްސަލަ ކުޑަ ކުއްޖަކު ރޭޕް ކުރި މައްސަލައެއްގެ ގޮތުގައި އެ އިދާރާގެ ކްރައިމް އަގެއިންސްޓް ޗިލްޑްރެން ޑިޕާޓްމެންޓްގެ ތަހުގީގު ޓީމަކުން ޖެންޑާ މިނިސްޓްރީ އާއި ގުޅިގެން މިހާރު ދަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުނެ އެވެ. 

ފުލުހުން ވަނީ ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކަކީ އެ އިދާރާއިން ސީރިއަސް މައްސަލަ ތަކެއްގެ ގޮތުގައި ބަލަމުންދާ މައްސަލަތަކެއް ކަމަށް ބުނެފަ އެވެ. އަދި ކުއްޖާގެ އައިޑެންޓިޓީ ރައްކާތެރިކުރުމަށް އެ އިދާރާއިން ކުއްޖާގެ އަތޮޅާއި ރަށް ހާމަ ނުކުރާނެ ކަމަށް ވެސް ފުލުހުން ބުނެ އެވެ. 

ރާއްޖޭގައި ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ އަމަލުތައް އިތުރުވާން ފަށާފައިވާއިރު، މިމަހުގެ ތެރޭގައި ވަނީ ކުޑަ ދެ ކުއްޖަކު ރޭޕްކުރި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ. 

މިއަދު ފުލުހުން ވަނީ އިތުރު ކުޑަކުއްޖަކު މެދުރާއްޖެ ތެރޭގެ ރަށަކުން ބަލިވެއިން ކަމަށް ބުނާ މައްސަލައެއް ޖެންޑާ މިނިސްޓްރީ އިން ފުލުހުންނަށް ހުށައަޅާފައިވާ ކަމަށް ވެސް ބުނެފަ އެވެ. އަދި އެ މައްސަލަ ވެސް މިހާރު ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް