ads
އެންއައިސީއިން ފޮނުވި ސިޓީތަކުގައި ކޭސްގެ ލޮގް ހޯދުމަށް އެދިފައެއް ނެތް: ފުލުހުން
ސަފާރީއެއްގައި ބިދޭސީ އަކު ރޭޕްކުރި މައްސަލަ އާއި ގުޅިގެން ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނުން ފުލުހުންނަށް ފޮނުވާފައިވާ ސިޓީ ތަކުގައި ކޭސްގެ ލޮގް ހޯދުމަށް އެދިފައި ނުވާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފި އެވެ.
Advertisement

މީޑިއާއަށް މައުލޫމާތު ދެއްވަމުން ފުލުހުން ބުނެފައި ވަނީ އެންއައިސީ އިން ސަފާރީ ރޭޕް ކޭސް އާއި ގުޅިގެން ފުލުހުންނަށް ފަސް ސީޓީ އެއް ފޮނުވާފައި ވާކަމަށެވެ. އެއިން އެއްވެސް ސިޓީ އެއްގައި ކޭސް ލޮގް ހޯދުމަށް އެދިފައި ނުވާ ކަމަށާއި މިހާތަނަށް އެ ކޮމިޝަނުން އެދިފައިވާ ކަންކަމަށް ފުރިހަމައަށް އެއްބާރުލުން ދީފައިވާނެ ކަމަށް ފުލުހުން ބުނެ އެވެ. 

މިއަދު ކުރިއަށް ގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީގެ ބައްދަލުވުމުގައި އެންއައިސީ އިން ވަނީ ރޭޕް މައްސަލާގައި ފުލުހުން އަމަލުކޮށްފައިވާ ގޮތް ބެލުމަށް ބޭނުންވާ ބައެއް ލިޔެކިޔުންތައް ފުލުހުން އަދި ފޯރުކޮށްދިފައި ނުވާކަމަށް ބުނެފަ އެވެ. އެގޮތުން ކަން ހިނގާދިޔަ ގޮތް ސާފު ކުރުމަށް ކޮންމެހެން ބޭނުންވާ ބައެއް މައުލޫމާތު ފޯރުކޮށްދިނުމަށް އެދި ފުލުހުންނަށް ސިޓީއެއް ފޮނުވާފައި ވާނެ ކަމަށް އެކޮމިޝަނުން ވަނީ ބުނެފަ އެވެ. 

އަދި މައްސަލަ ކުރިއަށް ގެންދެވޭނީ އެ މައުލޫމާތުތައް ލިބިގެންކަމަށާއި އެ ސިޓީއަށް ފުލުހުން އިއްޔެ ދިން ކަމަށާއި، އެހެން ނަމަވެސް ހިއްސާކުރީ ހަމައެކަނި ކަން ހިނގާދިޔަ ގޮތްކަމަށް ވެސް ކޮމިޝަނުން ވަނީ ބުނެފަ އެވެ

ކޮމިޝަނުން ވަނީ އެ މައްސަލައިގެ ތަހުގީގު ކުރިއަށް ދާތީ އިތުރު މައުލޫމާތު ހިއްސާ ކުރެވެން ނެތްކަމަށް ފުލުހުން ބުނެފައި ވާކަމަށް ވެސް ބުނެފަ އެވެ. 

އެންއައިސީ އިން ވަނީ ސަފާރީ ރޭޕް ކޭސްގެ މައްސަލަ ފެންމަތިވުމާއި ގުޅިގެން އަމިއްލަ އަށް އެ މައްސަލަ ބެލުމަށް ނިންމާފަ އެވެ. މި މައްސަލައިގައި ފުލުހުންގެ އިހުމާލެއް އޮތްތޯ ބަލަން ބޭނުންވާ ކަމަށް އެންއައިސީ އިން ވަނީ ބުނެފަ އެވެ.

ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއަކަށް ދިޔަ އަންހެނަކު ރޭޕް ކުރި މައްސަލަ ފުލުހުންނަށް ހުށައަޅާފައި ވަނީ ޖޫން 25 ވަނަ ދުވަހުގެ ފަތިހު އެވެ. އެ މައްސަލަ އާއި ގުޅިގެން 39 އަހަރުގެ ދިވެހި ދެ ފިރިހެނުން ހައްޔަރު ކުރި ނަމަވެސް އެ ދެމީހުން ކޯޓަށް ވެސް ނުގެންގޮސް، ދޫކޮށްލުމުން ފުލުހުންނަށް ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް