ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފައި ވަނީ މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ 24 މީހުން ކަމަށެވެ.
އެގޮތުން މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 11 ދިވެހިންނާއި ބަންގްލަދޭޝްގެ ހަތް މީހުންގެ އިތުރުން އިންޑިއާގެ ހަ މީހެއް ކަމަށް އެޗްޕީއޭ އިން ބުނެ އެވެ.
ރާއްޖެ އިން ބަލިޖެހުުނު 1،944 މީހުން ބަލިން ރަނގަޅުވެފައި ވާއިރު، ބައްޔަށް ފަރުވާދެމުން ދަނީ 403 މީހުންނަށެވެ.
ރާއްޖެ އިން ކޮވިޑް-19 ޖެހުނު ނުވަ މީހަކު ވަނީ މަރުވެފަ އެވެ.
މިހާތަނަށް 50،000 އަށް ވުރެ ގިނަ ސާމްޕަލް އެޗްޕީއޭ އިން ނަގާފައި ވާއިރު، މިވަގުތު ކަރަންޓީން ފެސިލިޓީ ތަކުގައި 134 މީހުން އަދި އައިސޮލޭޝަން ފެސިލިޓީ ތަކުގައި 275 މީހުން އެބަ ތިބި ކަމަށް އެޗްޕީއޭ އިން ބުނެ އެވެ.