ads
އާމިރު ހާން--
އާމިރު ހާނުގެ މުވައްޒަފުންތަކަކަށް ކޮވިޑް-19 ޖެހިއްޖެ
ބޮލީވުޑުގެ ކުޅަދާނަ ތަރި، އާމިރު ހާނުގެ މުވައްޒަފުންތަކަކަށް ކޮވިޑް-19 ޖެހިއްޖެ އެވެ.

އެކަން ކަށަވަރުކޮށްދީ އާމިރު ނެރުނު ބަޔާނެއްގައި ބުނީ އޭނާގެ މުވައްޒަފުންތަކެއް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށާއި އެމީހުން މިހާރު ކަރަންޓީނަށް ގެންގޮސްފައިވާ ކަމަށެވެ. 

އެކަމަކު ޕޮޒިޓިވްވީ ކިތައް މުވައްޒަފުންކަން އޭނާ ހާމައެއް ނުކުރެ އެވެ. 

އާމިރު ބުނި ގޮތުގައި އޭނާގެ މަންމަ ފިޔަވައި އެހެން އެންމެން މިހާރު ކޮވިޑް-19 އަށް ޓެސްޓްކޮށްފައިވާއިރު އެ އެންމެންގެ ނަތީޖާ ވެސް ވަނީ ނެގެޓިވްވެފަ އެވެ. އަދި މިހާރު މަންމަގެ ޓެސްޓް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި މަންމަގެ ޓެސްޓްގެ ނަތީޖާ ވެސް ނެެގެޓިވްވޭތޯ ދުއާކުރުމަށް އޭނާ ވަނީ ސަޕޯޓަރުންގެ ކިބައިން އެދިފަ އެވެ. 

އާމިރު ހާނުގެ ގޭގައި މަސައްކަތް ކުރާ މުވައްޒަފުންތަކަކަށް ކޮވިޑު ޖެހުނުއިރު މީގެ ކުރިން ވަނީ ބޮނީ ކަޕޫރުގެ ގޭގައި މަަސައްކަތްކުރާ މީހަކު ވެސް ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. 

ކޮވިޑް-19 ފެތުރެމުންދާތީ މުޅި ގައުމު ލޮކްޑައުންކޮށް، އިންޑިއާއިން ވެސް ފިޔަވަޅުތަކެއް އެޅި އެވެ. އެކަމަކު މިހާރު ވަނީ ލުއިދީފަ އެވެ. މިހާރު ވަނީ ޓީވީ އިންޑަސްޓްރީގެ މަސައްކަތްތައް ފަށާފަ އެވެ. އަދި ވަރަށް އަވަހަށް ބޮލީވުޑުގެ މަަސައްކަތްތައް ވެސް ފަށާނެ ކަމަށް އެ ދާއިރާގެ ތަރިން ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް