ads
ކަރީނާ ކަޕޫރު--
ކަރީނާ ބޮލީވުޑުގައި 20 އަހަރު، އޭނާގެ ހަަނދާނުން ނުފިލާ ރޯލަކީ ކޮބާ؟
ބަތަލާ ކަރީނާ ކަޕޫރު، ބޮލީވުޑުގައި މަސައްކަތްކުރާތާ މިވަނީ 20 އަހަރު އިއްޔެވެފަ އެވެ. މީގެ ވިހި އަހަރުކުރިން ނެރުނު ފިލްމު، ރެޕިއުޖީއަކީ ޖީޕީ ދައްތާ ޑައިރެކްޓްކޮށް ނެރުނު ފިލްމެކެވެ. އެއީ ކަރީނާ އާއެކު އަބީޝޭކް ބައްޗަން ވެސް ބޮލީވުޑަށް ނިކުތް ފިލްމެވެ.

ފިލްމީ ދާއިރާގައި 20 އަހަރު ހޭދަކުރެވުމުން އެކަން ފާހަގަކުރުމަށް ކަރީނާ ވަނީ އެ ފިލްމުގައި އޭނާ ނެގި އެންމެ ފުރަތަމަ، ޝޮޓްގެ ހަނދާން އާކޮށްފަ އެވެ. އެއީ ފަތިހު 4 ޖަހާއިރު ނަގާފައިވާ ޝޮޓެއް ކަމަށް އޭނާ ބުނެ އެވެ. ކަރީނާ ވަނީ އެއީ އޭނާގެ ހަޔާތުގައި އެޅުނު އެންމެ ރަނގަޅު އެއް ފިޔަވަޅު ކަމަށް ވެސް ބުނެފަ އެވެ.

ކަރީނާ ވަނީ އޭނާގެ ސަޕޯޓަރުންގެ ފަރާތުން ކެނޑިނޭޅި ލިބެމުންދާ ލޯތްބާއި އިހުތިރާމަށް ވެސް ޝުކުރު އަދާކޮށްފަ އެވެ.

އުމުރުން 39 އަހަރުގެ ކަރީނާ ގިނަ ފިލްމުތަކަކުން އޭނާ ފެނިިފައި ވަނީ މުޅިން ތަފާތު ރޯލުތަކަކުންނެވެ. އެގޮތުން ބައެއް ފިލްމުތަކުން ހެއްވާ މަޖާ ރޯލުތަކުން ފެނިގެންދާއިރު ވަރަށް ލާނެއް މީހެއްގެ ރޯލުންނާއި ސީރިއަސް އަދި ލޯބީގެ ގިނަ ރޯލުތަކަކުން ވެސް އޭނާ ވަނީ ފެނިގެންގޮސްފަ އެވެ. 

ގިނަ ބައެެއްގެ ލޯބި ހޯދާފައިވާ، ކަރީނާގެ އެންމެ ކަމުދާ ރޯލެއްގެ ގޮތުގައި ބައެއް މީހުން ސިފަކުރަނީ "ޕޫ" ގެ ރޯލެވެ. އެ ރޯލުގައި އޭނާ ދައްކުވައިދިން ކުޅަދާނަ އެކްޓިންގެ ވާހަކަ މިއަދު ވެސް މީހުން ދައްކަ އެވެ. އެއީ ހަނދާނުން ނުފިލާނެ ފަދަ ރޯލެއްގެ ގޮތުގައި މީހުން ސިފަކުރެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް