ads
ހިތްމަފުށީގައި ހުކުރު ނަމާދުކުރުން--
މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރަން ފަށާނީ މަޣްރިބް ނަމާދުން ފެށިގެން
މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރަން މިއަދު ފަށާނީ މަޣުރިބް ނަމާދުން ފެށިގެން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

ކޮވިޑް19 އާއި ގުޅިގެން ރާއްޖޭގެ ހުރިހާ ރިސޯޓުތަކާއި ހުޅުމާލެ އާއި ވިލިމާލެ ހިމެނޭހެން މާލޭގެ ހުރިހާ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލަން އިސްލާމިކް މިނިސްޓްރީން އަންގާފައިވަނީ މާޗް 18 ވަނަ ދުވަހު އެވެ. 

އޭގެ ފަހުން މާލެ މިސްކިތްތައް ބަންދުކުރި ނަމަވެސް މިދިޔަ މަހުގެ 15 ވަނަ ދުވަހު ލޮކްޑައުންގެ ދެވަނަ ފިޔަވަހީގެ ލުއިތަކާއެކު ވަނީ މިސްކިތްތައް ހުޅުވާލާއި، ވަކި ވަކިން މިސްކިތަށް އަރާއި ނަމާދުކުރަން މިސްކިތްތައް ހުޅުވާލާފަ އެވެ. 

އެކަމަކު، މާލެ ސަރަހައްދުގައި ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލާފައި އޮންނަތާ ގާތްގަނޑަކަށް ތިން މަހެއްހާ ދުވަސް ފަހުން މިވަނީ މިއަދު މަޣުރިބް ނަމާދުން ފެށިގެން، ޖަމާއަތުގައި ނަމާދުކުރަން ހުޅުވާލާފަ އެވެ. 

އެގޮތަށް މިސްކިތްތައް ހުޅުވާލި ނަމަވެސް، ޖަމާއަތުގައި ނަމާދުކުރާ މިސްކިތަކީ ކާޕެޓު އަޅާފައި ނެތް ތަނެއްތޯ ބެލުމާއި ކޮންމެ ނަމާދެއް ފެށުމުގެ ކުރިން މިސްކިތް މޮޕުލާއި ސާފުކުރޭތޯ ސިޓީ ކައުންސިލުން ބަލަން ޖެހެ އެވެ. އަދި ސައިބޯނި ލައިގެން އަތްދޮވެވޭނެ އިންތިޒާމު ހަމަޖެއްސުމާއި ކޮންމެހެން ބޭނުންކުރަން ޖެހިއްޖެ ހާލަތެއްގައި ނޫނީ އޭސީ ބޭނުން ނުކުރުމަށް އިސްލާމް މިނިސްޓްރީން އަންގަ އެވެ. އަދި އެގޮތަށް އެއާކޯނު ބޭނުންކުރާނަމަ މިސްކިތުގެ ދޮރުތައް ހުޅުވާލާއި، ވައި ބޭރުވާނެ ގޮތް ހަދަން ވާނެ ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ. 

އޭގެ އިތުރުން، މިސްކިތަށް ނަމާދަށް ދާ މީހުން ވެސް ސަމާލުކަން ދޭންޖެހޭ ކަންކަން މިނިސްޓްރީން ވަނީ އާންމުކޮށްފަ އެވެ. އޭގެ ތެރޭގައި ގެއިން ވުޟޫކޮށްގެން ދިއުމާއި މުސައްލައެއް ގެންދިއުމާއި އެމީހަކު ގެންދާ މުސައްލައެއްގެ މަތީގައި ނޫނީ ނަމާދު ނުކުރުމަށް ވެސް މިނިސްޓްރީން އެދެއެވެ. 

އަދި މާސްކް އަޅައިގެން މިސްކިތަށް ދިއުމަށާއި މިސްކިތަށް ވަަތުމާއި ނިކުތުމުގައި ގައިދުރުކަން ބެހެއްޓުމުގެ އިތުރުން ރޯގާގެ އެއްވެސް އަލާމާތެއް ހުރި ނަމަ، މިސްކިތަށް ނުދިއުމަށް ވެސް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް