ads
އަދުރޭ، ޔާމީން އަދި ޝުޖާޢު އުސްމާން
ޔާމީންގެ މައްސަލާގައި ބައްދަލުކުރެވޭކަށް ނެތް: ޝުޖާޢު އުސްމާން
މަނީ ލޯންޑަރިންގެ ކުށުގައި ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންދާ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުނާފް ޝަރީއަތުގެ މައްސަލާގައި އިދިކޮޅު ކޯލިޝަނާ ބައްދަލުކުރެވެން ނެތް ކަމަށް ހައިކޯޓުގެ އިސްފަނޑިޔާރު ޝުޖާޢު އުސްމާނު ވިދާޅުވެއްޖެއެވެ.

ޝުޖާޢު އުސްމާނާ ހަވާލާދީ ހައިކޯޓުން މިހެން ބުނެފައިވަނީ، އިސްފަނޑިޔާރު ޝުޖާޢު އުސްމާނާ ބައްދަލުކުރުމަށް އެދި އިދިކޮޅު ކޯލިޝަނުން ފޮނުވި ސިޓީގެ ޖަވާބުގައި އަންގާރަ ދުވަހުއެވެ. 

ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންދާ ރައީސް ޔާމީންގެ މައްސަލައިގެ އިސްތިއުނާފު ލަސްވަމުންދާ ކަމަށް ބުނެ، އިދިކޮޅު ކޯލިޝަނުން ވަނީ ކަންބޮޑުވުންފާޅުކޮށްފައެވެ. އަދި ހައިކޯޓުގެ އިސް ބޭފުޅުންނާ ބައްދަލުކުރުމަށްކަމަށް ވިދާޅުވެ، އެ ކޯލިޝަންގެ ބައެއް ބޭފުޅުން މިއަދު މެންދުރެއްހާއިރު ހައިކޯޓަށްވެސް ވަޑައިގަތެވެ.

އިދިކޮޅު ކޯލިޝަނުން ހައިކޯޓަށް ފޮނުވި ސިޓީގެ ޖަވާބުގައި، ހައިކޯޓުން ބުނެފައިވަނީ މައްސަލައިގެ ޚަސްމެއްކަމުގައި ނުހިމެނޭ ފަރާތަކާއި ބައްދަލުކުރެވެން ނެތް ކަމަށް، ރައީސް ނަޝީދުގެ މައްޗަށް ތޭރަ އަހަރުގެ ޖަލު ހުކުމެއް އިއްވި ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ އިސް ފަނޑިޔާރު ޝުޖާއު އުސްމާނު ވިދާޅުވި ކަމަށެވެ.

މި މައްސަލައިގެ ޝަރީޢަތް މިހާރު ފެށި ކުރިއަށްދާއިރު، މައްސަލަ އިސްތިއުނާފުކުރާ ފަރާތުން ކޯޓުގައި ދައްކަން ބޭނުންވާ އެންމެހާ ވާހަކަތަކާއި، ހުށަހަޅަން ބޭނުންވާ އެންމެހާ ކަންތައް ހުށަހެޅުމުގެ ފުރުސަތު އެފަރާތަށް ލިބިގެންވެއެވެ. އަދި މައްސަލައިގެ ޚަސްމެއްކަމުގައި ނުހިމެނޭ ފަރާތަކާއި، ބައްދަލުކޮށް މައުލޫމާތު ހިއްސާކުރުމަކީ މި ކޯޓުން އަމަލުކުރަމުންދާ އުޞޫލެއްކަމުގައި ނުވާތީ، އެދިވަޑައިގެންފައިވާ ގޮތަށް އަމަލުކުރެވެން ނެތް ކަމަށް އިސްފަނޑިޔާރު ވިދާޅުވެފައިވާތީ އެ ވާހަކަ ދެންނެވީމެވެ.

your imageރިޔާސީ ކެމްޕެއިންގައި ރައީސް ޔާމީނުގެ އަރިހުގައި ޝުޖާޢު އުސްމާނު

ޔާމީންގެ މައްސަލައިގައި އިދިކޮޅު ފަރާތްތަކާއި ބައްދަލުކުރައްވަން ހައިކޯޓުގެ އިސްފަނޑިޔާރު ޝުޖާއު އުސްމާނު ދެކޮޅު ހެއްދެވި އިރު، މިދިޔަ ރިޔާސީ އިންތިޚާބުގެ ތެރޭގައި ރައީސް ޔާމީނާއި އެކު ޕީޕީއެމްގެ ކެމްޕެއިން ހަރަކާތެއްގައި ޝުޖާޢު އުސްމާނު ބައިވެރިވެފައިވާ ކަމަށް ތުހުމަތު ކުރާ މައްސަލައެއް ޖޭއެސްސީއަށް ހުށަހަޅާފައިވެއެވެ. އަދި މީގެ އިތުރުންވެސް ޝުޖާޢު އުސްމާނުގެ ތަފާތު ހަތަރެއް ނުވަތަ ފަސް މައްސަލައެއް ޖޭއެސްސީން އަންނަނީ ބަލަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް