ޕާކިސްތާނުގެ މަތިންދާ ބޯޓް ފަހަރު ޔޫރަޕަށް ދަތުރު ކުރުން މަނާ ކުރީ ޕާކިސްތާނުގެ ޕައިލެޓް ލައިސަންސަ ހޯދުމަށް ޓެސްޓް ހެދި ޕާކިސްތާނު ޕައިލެޓުންގެ ތެރެއިން ތިން ބައި ކުޅަ އެއްބައި މީހުން މަކަރު ހަދާފައިވާ ކަމަށް ޕާކިސްތާނުގެ އޭވިއޭޝަން މިނިސްޓަރު ވިދާޅުވުމާ ގުޅިގެންނެވެ.
އީޔޫގެ އޭވިއޭޝަން ސޭފްޓީ އޭޖަންސީން ބުނާގޮތުގައި ޕާކިސްތާނުގެ ގައުމީ އެއާލައިންގެ މަތިންދާ ބޯޓް ފަހަރު ޔޫރަޕަށް ދަތުރުކުރުން މަނާކުރި ކުރުން ހަ މަސް ދުވަހަށް ދެމިގެންދާނެ އެވެ. އެ ގައުމުގެ ގައުމީ އެއާލައިންގެ ދަތުރުތައް ޔޫރަފަށް ދަތުރުކުރުން މަނާކުރި އިރު، ކޮވިޑާ ގުޅިގެން ދަތުރުތައް އޮތީ މެދު ކަނޑާލާފަ އެވެ.
ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިންގެ ތަރުޖަމާނު އަބްދުﷲ ހަފީޒް ވިދާޅުވީ އީޔޫގެ އެ ފިޔަވަޅު އެޅުމުގެ ކުރިން އުއްމީދުކުރަމުން އައީ ދެ މަސް ދުވަހުގެ ތެރޭގައި އޮސްލޯ، ޕެރިސް، ކޮޕެން ހޭގަން، ބާސެލޯނާ އަދި މިލާނަށް ދަތުރުތައް ފެށޭނެކަމަށެވެ،
"ނަމަވެސް ޕައިލެޓުންގެ މި މައްސަލައާ ގުޅިގެން މި އުއަމީދުތައް ވަނީ ފެނަށްވެފައި،" ހަފީޒް ވިދާޅުވި އެވެ،
މިިދޔަ މޭ މަހުގެ 22 ވަނަ ދުވަހު "އެއާ ބަސް އޭ 320" އެކްސިޑެންޓުވި މައްސަލަ ބެލުމުން 860 ޕައިލެޓުންގެ ތެރެއިން 260 ޕައިލެޓެއް ޓެސްޓުގައި މަކަރު ހަދާފައިވާކަން ވަނީ ފަޅާ އަރާފައެވެ. އަދި މަކަރު ހެދި ހެދުމަށް ބެލުމެއް ނެތި ސިވިލް އޭވިއޭޝަން އޮތޯރިޓީން ލައިސެންސް ދޫކޮށްފައިވާ ކަންވެސް އެ މައްސަލައިގެ ތަހުގީގުން ވަނީ ހާމަވެފައެވެ.
މި މައްސަލަ އާއި ގުޅިގެން ސަރުކާރުން ރެގިއުލޭޓަރީ އޭޖެންސީގެ ފަސް އޮފިޝަލަކު ވަޒީފާއިން ވަކިކޮށް، ޖޫރިމަނާ ކުރުމުގެ އިތުރުން ޓެސްޓުގައި މަކަރު ހެދުކަމަށް ބެލެވޭ ގައުމީ އެއާލައިންގެ 150 ޕައިލެޓުން ދަތުރުކުރުން ހުއްޓުވާފައިވާ ކަމަށް ސަރުކާރުން ބުނެ އެވެ.