ފުލުހުން މިއަދު ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ހޮވައިގެން ގެނެސްފައިވާ ފައިސާތަކެއްގެ ވެރި ފަރާތް ހޯދަމުގެ މަސައްކަތް ކުރަމުން ދާކަމަށާއި އެފައިސާތަކުގެ ވެރިފަރާތުން ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްއަށް ގުޅާ، ޝަހީދު ހުސައިން އާދަމް ބިލްޑިންގަށް ހާޒިރުވެ ފައިސާތަކާއި ހަވާލުވުމަށް އެދޭ ކަމަށެވެ.
އޭގެ އިތުރުން އެ ފައިސާތަކަކީ 2020 ޖޫން 29 ވަނަ ދުވަހުގެ ވަގުތެއްގައި މާލެ، މަޖީދީމަގު މޯބައިލްޓްރީ ފިހާރަ ކައިރިން އާންމު ފަރާތަކުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ ފައިސާތައް ކަމަށް ވެސް އެ އިދާރާއިން ބުނެފައިވެ އެވެ.
އެފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް އެކަމަށް ފުލުހުން ޝުކުރު އަދާކޮށްފައިވެ އެވެ.