ads
މާވަރުލު އެއާޕޯޓް/ ފޮޓޯ:އެމްޓީސީސީ
މާވަރުލު އެއާޕޯޓް އަދި ބަނދަރުގެ މަސައްކަތް ނިންމާލައިފި
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ތަރައްގީކުރަމުން ގެންދިޔަ ގދ. މާވަރުލު އެއާޕޯޓާއި ބަނދަރުގެ މަސައްކަތް އެ ކުންފުނިން ނިންމާލައިފި އެވެ.
Advertisement

އެމްޓީސީސީ އިން ބުނީ މާވަރުލު އެއާޕޯޓްގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ނިންމާލާފައި ވަނީ ޖޫން މަހުގެ 30 ވަނަ ދުވަހު ކަމަށެވެ. 

މި މަޝްރޫއުގެ ދަށުން އެއާޕޯޓުގައި ފަޔާ ބިލްޑިން އަކާއި ސްޓާފް ކުއާޓާއެއްގެ އިތުރުން އިންޖީނުގެއަކާއި ގާޑް ޕޯސްޓެއް އަދި ރެސްޓޯރެންޓެއް ތަރައްގާކޮށްފައި ވާނެ ކަމަށް އެމްޓީސީސީ އިން ބުނެ އެވެ. މި މަސައްކަތަށް 12.1 މިލިއަން ރުފިޔާ ހަރަދުވެފައި ވާކަމަށް އެކުންފުނިން ބުނެ އެވެ. 

އެމްޓީސީސީ އާއި މާވަރުލު އެއާޕޯޓް ގެ ދެވަނަ ފިޔަވަހީގެ މަސައްކަތް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އިން ހަވާލުކޮށްފައި ވަނީ 2019 ވަނަ އަހަރުގެ ޖުލައި 25 ވަނަ ދުވަހު އެވެ. އެ މަޝްރޫއުގެ މަސައްކަތް ފަށާފައި ވަނީ އެ އަހަރުގެ އޮގަސްޓް ފަސް ވަނަ ދުވަހު އެވެ. 

މާވަރުރުލު އެއާޕޯޓް ތަރައްގީ ކުރުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކައް އެމްޓީސީސީ އާއި ހަވާލުކޮށްފައި ވަނީ 2018 ވަނަ އަހަރުގެ މާޗް 15 ދުވަހު އެވެ. އެ މަޝްރޫއުގެ މަސައްކަތް އެ އަހަރުގެ އޭޕްރިލް ހަ ވަނަ ދުވަހު ފަށައި މަސައްކަތް ނިންމާލާފައި ވަނީ 2019 ވަނަ އަހަރުގެ ޖުލައި 31 ވަނަ ދުވަހު އެވެ. 

އެ މަޝްރޫއުގެ ދަށުން އެމްޓީސީސީ އިން ވަނީ އެއާޕޯޓުގައި 1200 މީޓަރު ދިގު، 30 މީޓަރު ފުޅާ ރަންވޭއެއްގެ އިތުރުން 60 މީޓަރު ދިގު، 15 މީޓަރު ފުޅާ ޓެކްސީވޭ އަކާއި 120 މީޓަރު ދިގު، 45 މީޓަރު ފުޅާ އޭޕްރަން އެއް ތަރައްގީކޮށްފަ އެވެ. އެ މަސައްކަތްތަކަށް 57.04 މިލިއަން ރުފިޔާ ހަރަދުވެފައި ވާކަމަށް އެ ކުންފުނިން ބުނެ އެވެ. 

އޭގެ އިތުރުން އެމްޓީސީސީ އިން ވަނީ ބަނދަރު ބޮޑުކޮށް ތަރައްގީ ކުުރުމުގެ މަސައްކަތް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ފަށައި ނިންމާލާފަ އެވެ. 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހު އެ މަޝްރޫއު އެމްޓީސީސީ އާއި ހަވާލުކޮށްފައި ވާއިރު، އެ މަޝްރޫއަށް 18.1 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. 

މާވަރުލު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، އެމްޓީސީސީ އިން ވަނީ އެ ރަށުގައި 199 މީޓަރުގެ ބްރޭކްވޯޓާ އަކާއި 30 މީޓަރުގެ ރިވެޓްމެންޓް ގެ އިތުރުން 50 މީޓަރުގެ ކުއޭ ވޯލް އަކާއި ބަނދަރުގައި 250 ސްކުއޭމީޓަރުގެ ޕޭވްމަންޓުވެސް ތަރައްގީކޮށްފަ އެވެ. އޭގެ އިތުރުން ބަނދަރުގައި ހޮޅިބުރި ހަރުކުރުމާއި ނެވިގޭޝަން އެއިޑްސް އަދި މޫރިންގް ރިންގްސް ވެސް އެކުންފުނިން ވަނީ ހަރުކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް