ads
ފޮޓޯ : އެމްޓީސީސީ
މީދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތުގެ ބޮޑު ބައި ނިމިއްޖެ
ސ. މީދޫ ބަނދަރު ޑިޒައިން ކުރުމާއި ތަރައްގީ ކުރުމުގެ މަސައްކަތުގެ 60 އިންސައްތަ ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.

އެމްޓީސީސީން ބުނީ އެ ޕްރޮޖެކްޓުގެ ދަށުން 35،496 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ބަނދަރު ޑްރެޖިންގް މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމާއި 22،500 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ޗެނަލް އެންޓްރެންސް ޑްރެޖިންގް ގެ މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމެވެ.

މީދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތުގެ ދަށުން 115 މީޓަރުގެ ބޭރު ތޮއްޓެއް ހެދުމާއި 2،480 ސްކުއެއާ މީޓަރުގެ ޕޭވްމަންޓް މަގު ހެދުމުގެ މަސައްކަތްތައް ކުރިއަށް ގެންދެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

އެކަމާއި ގުޅިގެން ސީއެންއެމްއަށް އައްޑޫ ސިޓީ ކައުންސިލްގެ މީދޫ ދާއިރާ މެމްބަރު ހުސެއިން ހިޔާޒް ވިދާޅުވީ މަސައްކަތުގެ ބޮޑު ބައެއް ނިމިފައިވާކަމަށާއި މިވަގުތު ކުރިއަށް ގެންދަމުންދަނީ އެންމެ ފަހުގެ މަސައްކަތްތައް ކަމަށެވެ. އޭނާ ވިދާޅުވީ އެ މަސައްކަތް ކުރުމުގެ ކުރިން ރައްޔިތުން އުޅުނީ ވަރަށް ދަތި ހާލުގައި ކަމަށާއި އެ މަސައްކަތަކާއެކު ގިނަ ބަޔަކަށް ލުއިތަކެއް ލިބިގެންދާނެ ކަމަށެވެ.

މީދޫގެ ބަނދަރު ތަރައްގީ ކުރުމުގެ އެ މަސައްކަތް އެމްޓީސީސީއާއި ހަވާލު ކޮށްފައިވަނީ މިދިޔަ އަހަރު ޖޫން މަހުގެ 23 ވަނަ ދުވަހު އެވެ. އެ މަސައްކަތް ފަށާފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހު އެވެ.

އެ ޕްރޮޖެކްޓަށް 35.4 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް އެމްޓީސީސީން މައުލޫމާތުދެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް