ads
މެމްބަރު ހައިތަމް--
ދިވެހިންތަކެއް ރަހީނުކުރުމަކީ ޓެރަރިޒަމްގެ އަމަލެއް: ހައިތަމް
ބ. ބޮޑުފިނޮޅުގައި ދިވެހިންތަކެއް ރަހީނުކޮށް ބިދޭސީ މަސައްކަތްތެރިންގެ ބަޔަކު އިސްވެތިބެ ހިންގަމުންދާ އަމަލަކީ ޓެރަރިޒަމްގެ އަމަލެއް ކަމަށް، މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ހައިތަމް ވިދާޅުވެއްޖެ އެވެ.

މިއަދު ހަވީރުން ފެށިގެން ބިދޭސީންތަކެއް ވަނީ 15 ދިވެއްސަކު ރަހީނުކޮށްފަ އެވެ. އެކަމާއި ގުޅިގެން ފުލުހުންގެ ބޮޑު އޮޕަރޭޝަނެއް ވެސް ފަށާފައިވާ މިދަނޑިވަޅުގައި ހައިތަމް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ދިވެހިން ރަހީނުކުރި މައްސަލަ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި އެކަމުގައި ދިފާއީ ބާރާއި ފުލުހުންވަމުންދާ ގުރުބާނީ ފާހަގަކުރާ ކަމަށް ހައިތަމް ވިދާޅުވި އެވެ. 

ހައިތަމް ވަނީ އެ އަމަލަކީ މަސައްކަތްތެރިން ގެންގުޅޭ ދިވެހި ކުންފުނި ތަކުގެ އިހުމާލު އޮތް ކަމެއްކަމަށްވާނަމަ އެކަމަކީ ބަލައިގަނެވޭނެ ޢަމަލެއް ނޫން ކަމަށާއި އެކަމަކު އެއަމަލަކީ އެފަދަ ކަންކަމުގެ ހައްލު ނޫން ކަމަށް ވެސް ދެކިވަޑައިގަންނަވާ ކަމަށެވެ. 

ބިދޭސީ މަސައްކަތްތެރިން ހާހުން ހާހުން އެތެރެކޮށް ބިކަކޮއްލި ފަރާތްތަކުގެ މައްސަލަތައް ބަލައި އެ އަމަލުތަކުގައި ކުށްވެރިވާ ފަރާތްތަކުގެ މައްޗަށް ފިޔަވަޅު އެޅުއްވުން އަވަސް ކުރުމަށް ވެސް ހައިތަމް ގޮވާލެއްވި އެވެ. 

"މިވަގުތު ބ. ބޮޑުފިނޮޅުގައި އަޅުގަނޑުމެންގެ ދިވެހިން ތަކެއް ރަހީނު ކޮށް ބިދޭސީ މަސައްކަތްތެރިންގެ ބަޔަކު އިސްވެތިބެ މިހިންގަމުންދާ އަމަލަކީ ނިރުބަވެރި (ޓެރަރިޒަމްގެ) އަމަލެއް ކަމަށް އަޅުގަނޑު ދެކެމެކެވެ،"

ރަހީނުކޮށްފައިވާ ދިވެހިން ސަލާމަތްކުރުމަށް މިހާރު މާލެއިން ވެސް ފުލުހުންނާއި ސިފައިންގެ ޓީމެއް ވަނީ އެރަށަށް ފުރާފަ އެވެ. އެގޮތުން ރަހީނުކޮށްފައިވާ ދިވެއްސަކު ފަތާފައިވާ ތުޅާދޫއަށް ގޮސްފައިވާ މައުލޫމާތު ވެސް ލިބެ އެވެ. 

މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާގެ ކުންފުނީގެ މުވައްޒަފުންތަކަކަށް މުސާރަ ނުދީގެން އެ ދިވެހިންތައް ރަހީނުކުރިިއިރު މިރޭ ސީއެންއެމްއަށް ރިޒާ ވިދާޅުވީ ޖެނުއަރީ މަހުން ފެށިގެން މެއި މަހުގެ މުސާރަ ދެވިފައި ނުވަނީ އޭނާއާ މަަސައްކަތް ހަވާލުކުރި، އެންޓްރެކް ކުންފުނިން ޕޭމަންޓް ދިނުމުގައި ލަސްތަކެއް އުޅޭތީ ކަމަށެވެ. އެކަމަކު އެ ކުންފުނީގެ ބަހެއް އަދި ނުލިބެ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް