ads
ރޭޕްއާއި ދެކޮޅަށް ކުރިން ބޭއްވުނު މުޒާހަރާގެ ތެރެއިން - ފޮޓޯ: ސީއެންއެމް
މިއަދު ވެސް މާލޭގައި ރޭޕްއާ ދެކޮަޅަށް މުޒާހަރާކޮށްފި
ރޭޕްކުރުމާއި ޖިންސީ ގޯނާ ކުރުމާއި ދެކޮޅަށް މިއަދު ވެސް މާލޭގައި މުޒާހަރާކޮށްފި އެވެ.

އެ މުޒާހަރާ އިންތިޒާމްކޮށް ކުރިޔަށް ގެންދަން ނިންމާފައި ވަނީ ވޮއިސް އޮފް ޗިލްޑްރަން އިންނެވެ.

އެކަމާއި ގުޅިގެން ވޮއިސް އޮފް ޗިލްޑްރަން އިން މިއަދު ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ރޭޕްއާއި ޖިންސީ ގޯނާ ކުރުމާއި ދެކޮޅަށް މިއަދު ހަވީރު 4 ޖަހާއިރު އެއްވަން ނިންމާފައިވާ ވަނީ ޖެންޑާ މިނިސްޓްރީ ކައިރިއަށް ކަމަށެވެ. އަދި އެ އެއްވުން ކުރިއަށް ގެންދާނީ ރައްކާތެރިވުމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅައިގެން ކަމަށް އެ ޖަމިއްޔާއިން ބުނެފައިވެ އެވެ.

އެ ޖަމިއްޔާއިން މިއަދު މާލޭގައި މުޒާހަރާކުރިއިރު މިދިޔަ ހުކުރު ދުވަހު ވެސް ވަނީ އެކަމާއި ދެކޮޅަށް އަޑު އުފުލާފަ އެވެ. އެގޮތުން މިއަދެކޭ އެއްގޮތަށް އެ ދުވަހު ވެސް އެއްވުމުގެ ބައިވެރިން ވަނީ ޖިންސީ ގޯނާއާ ދެކޮޅަށް ޝުއޫރުތައް ފާޅުކޮށްފައިވާ ޕޯސްޓަރުތަކާއި ބެނާތައް ހިފައިގެން ތިބެ އަޑު އުފުލާފަ އެވެ. 

އެ ދުވަހުގެ އެއްވުމުގައި ވަނީ، ޖިންސީ ގޯނާގެ ޝިކާރައަކަށްވި ކުދިން ވެސް އެކުދިންނަށް ދިމާވި ހިތާމަވެރި ހާދިސާތަކުގެ ވާހަކަ ހިއްސާކޮށްފަ އެވެ. 

ހުޅުމާލޭގެ ސަފާރީއެއްގައި އަންހެނަކު ރޭޕް ކުރި މައްސަލައާއި ގުޅިގެން މިދިޔަ މަހު 29 ވަނަ ދުވަހު ވެސް މާލޭގައި އެއްވުމެއް ބާއްވާފައިވެ އެވެ. އެ ދުވަހުގެ މުޒާހަރާއިގެން ފުލުހުންގެ އެންގުމަށް ނުކިޔަމަންތެރިވި ދެ ޒުވާނަކު ހައްޔަރުކުރި ނަމަވެސް ފަހުން އެ ދެ މީހުން ވަނީ ދޫކޮށްލާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް