ads
ޖުމައްޔިލް--
ޖިިންސީ ގޯނާގެ ތުހުމަތުތަކާއެކު ޑާކް ރެއިން އިން ޖުމައްޔިލް އާއެކު މަސައްކަތް ނުކުރަން ނިންމައިފި
ދިވެހި ފިލްމީ ތަރި ޖުމައްޔިލް ނިމާލް، އޭނާގެ ދެބެންގެ ދެދަރި އަންހެން ކުއްޖަކު، އެ ކުއްޖާގެ އުމުރުން 17 އަހަރުގައި ޖިންސީ ގޯނާ ކުރި މައްސަލައެއްގެ އަޑުގަދަވެއްފައިވަނިކޮށް ރާއްޖޭގެ މަޝްހޫރު ޕްރޮޑަކްޝަން ހައުސް، ޑާކް ރެއިން އެންޓަޓެއިންމަންޓުން އޭނާއާއެކު މަސައްކަތް ނުކުރާން ނިންމައިފި އެވެ.

ޑާކް ރެއިންގެ ގިނަ ފިލްމުތަކަކުން ފެނިގެންދިޔަ، ޖުމައްޔިލްއާ ގުޅިގެން އެ ޕްރޮޑަކްޝަން ހައުސް އިން ނެރުނު ބަޔާނެއްގައި ބުނީ އޭނާއާ ގުޅިގެން ކުރާ ބޮޑެތި ތުހުމަތުތައް އެ ކުންފުނީގެ ސަމާލުކަމަށް އައިސްފައިވަނީ ސޯޝަލް މީޑިއާގައި އެކަން އާންމުވުމާއި ގުޅިގެން ކަމަށެވެ.

އެގޮތުން އެތުހުމަތުތައް އޭނާގެ މައްޗަށް ކުރެވިގެން އައިއިރު އެ ކުންފުނިން ޖުމައްޔިލްއާއެކު އެންމެ ފަހުން ތައްޔާރުކުރި ފިލްމު، އޭރު ވަނީ ހުރިހާ މަސައްކަތެއް ނިމި، މިއަހަރު ޖުލައިގައި އަޅުވަން ވެސް ކުރިން ތަވާލުކޮށްފައި ކަމަށް ބުންޏެވެ.  

އަދި އެތުހުމަތުތަކާއި ގުޅިގެން މިހާރު އޭނާއާއެކު ކުރުމަށް ހަމަޖެހިފައިވާ ހުރިހާ މަސައްކަތްތަކަކުން ވަކިކޮށްފައިވާ ކަމަށާއި އަދި ޑާކް ރެއިނުން އަބަދުވެސް ޖިންސީ އަނިޔާއާއި، ރޭޕްގެ އެއްވެސް އަމަލެއް އަދި އެކަމަށް ހިތްވަރުދޭ އެއްވެސް ވިސްނުމެއް ވެސް ގަބޫލު ނުކުރާނެކަން ވެސް އެ ބަޔާނުގައި ފާހަގަކުރެ އެވެެ. 

"އަދި މިފަދަ އަނިޔާގެ ޝިކާރައަކަށްވެފައިވާ އެންމެހާ ފަރާތްތަކަކާއެކު މި ކުންފުނި އަބަދުވެސް ވާކަންވެސް މިފުރުސަތުގައި ފާހަގަކުރަމެވެ،"

ޖުމައްޔިލްގެ ފަރާތުން ޖިންސީ ގޯނާގެ ޝިކާރައަކަށްވި ކުއްޖާ ވަނީ އެ ވާހަކަތައް ވަރަށް ތަފްސީލުކޮށް ޓްވިޓާގައި ކިޔައިދީފަ އެވެ. އެގޮތުން އެކަން ހިނގީ 2016 ވަނަ އަހަރުގެ ޑިސެންބަރު ގައި ކަމަށާއި ނަމަވެސް އިއްޔެވީ ކަމެއް ފަދައިން އެ ހިތި ހަނދާންތައް އަދިވެސް ހުރި ކަމަށް އެ ކުއްޖާ ބުނެ އެވެ.

ކަންހިނގި ގޮތް ޖުމައްޔިލް ބައްޕައަށް ވެސް ކިޔައިދިން ކަމަށް އެ ކުއްޖާ ބުނެފައި ވެއެވެ. އޭނާގެ ބައްޕަ އަކީ ވެސް ދިވެހިންގެ ތެރޭގައި މަގުބޫލު ފިލްމީ ތަރިއެކެވެ.

އެ ކަމަށް ހަތަރު އަހަރު ވެގެން ދިޔައިރު މިހާތަނަށް އެ ކުއްޖާ އަށް އިންސާފު ލިބިފައެއް ނުވެ އެވެ. އަދި އެ ކުއްޖާ އަށް އިންސާފު ނުލިބި މާބޮޑަށް ލަސްވެގެން ގޮސްފައިވާއިރު، މިހާރު އެކަން އޮތީ ކޮން މަރުހަލާއެއްގައި ކަމެއް ސާފެއް ނޫނެވެ.

އެ ކުއްޖާގެ ޓްވީޓަށް އެތައް ބައެއްގެ ސަމާލުކަން ލިބިގެން ގޮސްފައިވާއިރު ޕްރޮސެކިއުޓާ ޖެނަރަލް ޝަމީމް ވެސް ވަނީ ރިޕްލައި ކޮށްފަ އެވެ. އެގޮތުން އެކަމާ ހިތާމަ ކުރައްވާ ކަމަށާއި، އެ މައްސަލަ ގޮސްފައިވާ ހިސާބެއް އޮޅުންފިލުވުމަށް ފަހު، ޕީޖީ އޮފީހުގެ ފަރާތުން ކުރެވޭނެ ކަންކަން ބަލައި އެ ކުއްޖާ އަށް އަންގާނެ ކަމަށް ޝަމީމް ވިދާޅުވި އެވެ.

މީގެ ކުރިން ވެސް ޖުމައްޔިލްއާ ގުޅޭގޮތުން އެފަދަ ތުހުމަތުތަކެއް ފެންމަތިވި އެވެ. އެކަމަކު މިއީ މިހާ ފާޅުކަން ބޮޑުގޮތެއްގައި، އަނިޔާ ލިބުނު ކުއްޖާ އެ ވާހަކަ ދެއްކި ފުރަތަމަ ފަހަރެވެ.

އެ ކުއްޖާ އެ ވާހަކަތައް ފާޅުގައި، އެހާ ތަފްސީލުކޮށް ކިޔައިދިން އިރު، ޖުމައްޔިލްގެ ދިފާއުގައި ބައެއް މީހުން އަންނަނީ ވާހަކަ ދައްކަމުންނެވެ. 

މިފަހަރު ޖުމައްޔިލްއާ ދެކޮޅަށް ޑާކް ރެއިނުން ފިޔަވަޅު އެޅިއިރު އޭނާ ވަނީ ޑާކް ރެއިންގެ ގިނަ ފިލްމުތަކެއްގައި ވެސް މަސައްކަތްކޮށްފަ އެވެ. ޑާކް ރެއިންގެ "އެންމެ ފަހު ވިންދާޖެހެންދެން"ގައި މަސައްކަތްކޮށް ގިނަ ބައެއްގެ މަގްބޫލުކަން ހޯދި ޖުމައްޔިލް ވަނީ "ވާށޭ މަށާއެކީ" އާއި "ގޮއްރާޅު" އަދި "ވަކިން ލޯބިން" ފަދަ ޑާކްރެއިންގެ ފިލްމުތަކުން ފެނިގެންގޮސްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް