ads
ފޯނާ ކުޅެމުން ކުއްޖަކު ކަނީ
ފޯނު ދައްކައުގެން ކުދިންނަށް ކާންދިނުމަކީ ގެއްލުން ހުރި ކަމެއް!
ކުޑަ ކުދިންނަށް ކާން ދިނުމަކީ ފަސޭހަ ކަމެއް ނޫނެވެ. ބައެއް ކުދިންނަށް މާ ގިނަ ސަކަރާތެއް ނުޖަހާ ކާންދެވުނު ނަމަވެސް ގިނަ ކުދިންނަކީ ކޮންމެސް ކަހަކަ އުކުޅެއް ދައްކައިގެން ނޫނީ ކާން ނުދެވޭ ކުދިންނެވެ.
Advertisement

މިގޮތަށް ސަކަރާތް ނުޖަހާ ކާން ނޫޅޭ ކުދިންނަށް ކާން ދިނުމަށް ފަސޭހަ އަކަށް މިހާރު އެންމެ ގިނަ ބެލެނިވެރިން ގެންގުޅޭ އުކުޅަކީ ފޯނުން ކޮންމެސް ކާޓޫނެއް ނުވަތަ ލަވައެއް އަޅުވައިގެން ދަރިފުޅު ހައްލުވައިގެން  ކާން ދިނުމެވެ. މިގޮތަށް ހައްލާލައިގެން ކުދިންނަށް ކާން ދިނުމަށް ފަސޭހަވި ނަމަވެސް މިކަމުގެސަބަބުން މުސްތަގުބަލުގައި ކުދިންނަށް ލިބޭ ގެއްލުން ބޮޑެވެ. 

ޓީވީ ނުވަތަ ފޯން ބަލައިގެން ކާ ކުދިން، ކެއުމަށް ވުރެ އިސްކަންދޭނީ އަޅުވާފައި  އެ ހުންނަ ލަވަ، ކާޓޫނު ނުވަތަ ގޭމެއް ނަމަ އެ ގޭމަކަ ށެވެ. އެ ކުދިން ކާނީ ލަސްލަހުން ކޮންމެހެން އަނގަޔަށް ލަވާތީ ދިރުވާލަން ޖެހޭ އުސޫލުންނެވެ.

ދިރާސާތަކުން ދައްކާ ގޮތުން މިހާރުގެ ކުޑަކުދިންގެ ތެރެއިން 90 އިންސައްތަ ކުދިން އުމުރުން ދެ އަހަރު ނުވަނީސް ފޯނުތަކާ ކުޅެން ފަށަ އެވެ. މިއީ ނުރައްކާތެރި ކަމެކެވެ. މި އުމުރުގައި ކުޑަކުދިންގެ ސިކުނޑި ޑިވެލޮޕް ކުރުމަށް ޓަކައި  ކްރިއޭޓިވިޓީ އިތުރުކުރާފަދަ ތަފާތު މަސައްކަތްތައް އެކުދިންލައްވާ ކުރުމަކީ މުހިންމު ކަމެކެވެ. 

ކާންދޭ ގަނޑީގައި ނޫނަސް މާ ގިނައިން ފޯނު ދީފައި ނުވަތަ ޓީވީ ކުރިމަތީގައި ކުދިން ބޭތިއްބުމަކީ ރަނގަޅުކަމެއް ނޫނެވެ. އަދި މިކަމަށް  ދެވިހިފުމުން، އެކަމާ ދުރުވާކަށް އެކުދިން މަސައްކަތެއް ނުކުރާނެ އެވެ. 

ފޯނަށް ދެވިހިފުމުގެ ސަބަބުން އޭގެ ނޭދެވޭ އަސަރު ކުއްޖާގެ މުޅި ދިރިއުޅުމަށް ކުރުމަކީ އެކަށީގެންވާ ކަމެކެވެ. 

ހަމަ އެއާއި އެކު، އެއްޗެއް ބަލަމުން ނުވަތަ ގޭމެއް ކުޅެމުން ކާ ކުދިން ގިނަފަހަރަށް ކާނީ ކާން އެކަށީގެންވާ މިންވަރަށް ވުރެ މާ އަަވަހަށް ނުވަތަ މާ މަދުން ނެވެ. ނުވަތަ މާގިނައިންނެވެ. ކަމައެއްގެ ތެރެއަށް ގެއްލިފައި  އިންނަ ވަރުން ކެވޭވަރު ނޭނގި މާގިނައިން ކެއުމުގެ ސަބަބުން މާގިނައިން ކެވި، ފަލަބައްޔަށް ވާރުތަ ވުމަކީ ވެސް ދިމާވާ މައްސަލަ އެކެވެ. އަދި މާ ލަސް ލަހުން ކާތީ ކުދިންގެ ހަށިގަޑަށް ބޭނުންވާ ވަރަށް ކާނާއެއް ނުލިބެ އެވެ. 

މީގެ އިތުރުން ވެސް ފޯނަށް ގެއްލިފައި އިނދެގެން ކުދިން ކާނަމަ އެ ކާއެއްޗެއް ރަނގަޅަށް ހަފާނުލާ ދިރުވާލާ ކުދިން ގިނަ އެވެ. އޭގެ ސަބަބުން ބަނޑުގަ ރިއްސުމާއި ކާއެއްޗެހި ރަނގަޅަށް ހަޖަމު ނުވުމުގެ އިތުރުން ކަރުގައި އެއްޗެހި ތާށިވެ ހޮޑުލެވުން ފަދަ ކަންތައްތަކާ ވެސް ކުރިމަތިވެ އެވެ.

ކާ އެއްޗިއްސަށް ސަމާލުކަންދީގެން ކާނަމަ ހަށިގަނޑަށް އެކަށީގެންވާ ވަރަށް އެކުދިންނަށް ކެވޭނެ އެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް